.jpg&w=3840&q=75)
އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ސީޕްލޭން
ބަލިމީހުން އުފުލަން ބޭނުންކުރުމަށް ހާއްސަކޮށް ތައްޔާރުކުރި ސީޕްލޭން ދައްކާލައިފިއެވެ.

މި ސީޕްލޭން ދައްކާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުއެވެ. އެމަނިކުފާނު ވަނީ ސޯޝަލްމީޑިއާ މެދުވެރިކޮށް ބަލިމީހުން އުފުލުމަށް ބޭނުންކުރުމަށް ތައްޔާރުކުރި ސީޕްލޭންގެ ފޮޓޯއެއް ހިއްސާކޮށްފައެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ސީޕްލޭނެއް ބޭނުންކުރަން ފަށާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.
މިމަހުގެ 15 އިން ފެށިގެން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދިނުމުގައި ސީޕްލޭނެއް ބޭނުންކުރަން ފަށާނެކަމަށް އައިލެންޑް އެވިއޭޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ސަލީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުއްލި ފަރުވާ ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ހަރުދަނާ އުޞޫލެއްގެ ތެރެއިން ދިނުމަށް މިހާރު ބޭނުންކުރަމުންދަނީ ޑޭޝް 8 މަރުކާގެ ބޯޓެކެވެ. އެހެންނަމަވެސް އަތޮޅުތަކުގެ ގިނަ ރަށްތަކަކީ އެއަރޕޯޓުގެ ޚިދުމަތް ލިބެން ނެތް ތަންތަނަށްވުމުން ނޭޝަނަލް އެމްބިއުލާންސް ސަރވިސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ވަށާޖެހޭ ގޮތަކަށް ދިނުމަށް ސީޕްލޭންގެ ބޭނުން ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
އައިލެންޑް އެވިއޭޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ސަލީމް މީގެ ކުރިން ވިދާޅުވީ، އެއަރ އެމްބިއުލާންސްގެ ޚިދުމަތުގައި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ސީޕްލޭނެއް ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މި ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާއިރު، ޚިދުމަތް ދެއްވާ ފަރާތްތަކުގެ އިލްތިމާސެއްވެސް އެބައޮތެވެ. އެގޮތުން މިއީ ދުވާލެއްގެ މައްޗަށް ގިނަ ބަޔަކު އެދެމުންދާ ޚިދުމަތަކަށްވުމާއެކު ޚިދުމަތް ކޮންމެހެން ބޭނުންޖެހޭ ފަރާތްތަކަށް އެފުރުޞަތު ދެއްވާ، އެކި ނުފޫޒު ބޭނުންކޮށްގެން ޚިދުމަތުގެ ނާޖާއިޒް ފައިދާ ނުނެގުމަށް ކަމާބެހޭ ފަރާތްތަކުން އެދެއެވެ.
ގުޅުންހުރި

އެއަރ އެމްބިއިލާންސްގައި މިހާތަނަށް 1،072 ބަލިމީހުން އުފުލައިފި

އެއަރ އެމްބިއުލާންސް ގެ ޚިދުމަތް ފުޅާކުރުމަށް 16 މިލިއަން ރުފިޔާގެ ތަކެތި އުރީދޫން ހަދިޔާކޮށްފި

ފުރަތަމަ މަހު އެކަނިވެސް އެއާ އެމްބިއުލާންސްއިން 60 އަށްވުރެ ގިނަ ދަތުރު!
