logoEN
cocacola
ޕީއެންއެފް އުފައްދަން ހުށައެޅި 1300އަށްވުރެ ގިނަ ފޯމު ޞައްޙައެއް ނޫން - އީސީ

ޕީއެންއެފް އުފައްދަން ހުށައެޅި 1300އަށްވުރެ ގިނަ ފޯމު ޞައްޙައެއް ނޫން - އީސީ

އައިޝަތު އިފާޝާ

logo

3/13/2024, 12:17:10 PM

# ޕީއެންއެފް# އިލެކްޝަންސް ކޮޮމިޝަން

ރައީސް ޔާމީން އިސްވެ ހުންނަވާ އުފައްދަވަން މަސައްކަތް ކުރައްވާ "ޕީއެންއެފް" ގެ ބައެއް މެންބަރުން

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަންވެގެން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި 1300އަށްވުރެ ގިނަ ފޯމު ޞައްޙަ ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ޕީއެންއެފް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި 3370 ފޯމުގެ ތެރެއިން ސައްޙަވީ 1976 ފޯމުކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

ގޮސިޔާ

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޕީއެންއެފް އުފައްދަންވެގެން ހުށައެޅި ފޯމުތަކުގެ ތެރެއިން 1394 ފޯމެއްގައި ބައެއް މައްސަލަތައް ހުރިކަމަށެވެ. އޭގެތެރެއިން 88 ފޯމެއް ބަލައި ނުގަންނަން ނުވަތަ އެއްކޮށް ރިޖެކްޓްކޮށްލާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ. ރިޖެކްޓްކުރި ފޯމުތައް ފުރިހަމަކުރުމަށްފަހު އަލުން ޖެހޭނީ ހުށައަޅަންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ކޮމިޝަނުން ވިދާޅުވީ ސައްޙަ ނޫން ފޯމުތަކުގައި ޢާންމުކޮށް ހުރީ އިދާރީ މައްސަލަތަކެއް ކަމަށެވެ. އެގޮތުން ބައެއް ތާރީޚުތައް ނުބައިކޮށް ޖަހާފައި ހުރުމާއި، ރަޖިސްޓްރާގެ ފަރާތުން ފުރިހަމަކުރަންޖެހޭ ތަންތަން ފޯމުގައި ފުރިހަމަނުކޮށް ހުރުންފަދަ މައްސަލަތައް ފާހަގަކުރެވުނުކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ސައްޙަ ނޫން ފޯމުތައް ޕާޓީ އުފައްދަން ހުށައެޅި ފަރާތަށް އަނބުރާ ފޮނުވާލާފައިވާކަމަށެވެ. އަދި ފޯމުތައް ރަނގަޅުކުރުމަށްފަހު އަލުން ހުށައެޅުމުގެ ފުރުޞަތު އެ ފަރާތްތަކަށް އޮންނާނެކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.

ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ތާއީދުކުރާ ބަޔަކު އިސްނަގައިގެން އުފެއްދުމަށް މަސައްކަތްކުރާ ސިޔާސީ ޕާޓީ ޕީއެންއެފް އުފެއްދުމަށް 3000 ފޯމު ހަމަކޮށް ކޮމިޝަނަށް ހުށައެޅީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އޭރު ހުށައެޅީ 3060 ފޯމެވެ. އޭގެ ފަހުން އިތުރު 310 ޕީއެންއެފް އުފައްދަންވެގެން ހުށައެޅިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ