logoEN
WAMCO TOP 1
މާފަރުގައި ކަނޑުގެ ސަރަހައްދު ބަލަހައްޓާ ޑްރޯންތަކަށް ބޭސްއެއް ހަދަނީ

މާފަރުގައި ކަނޑުގެ ސަރަހައްދު ބަލަހައްޓާ ޑްރޯންތަކަށް ބޭސްއެއް ހަދަނީ

އަހުމަދު ޝުރާއު

logo

3/12/2024, 8:51:42 PM

# މާފަރު އެއާޕޯޓު

މާފަރު އެއާޕޯޓު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ސަރުކާރުން ތުރުކީއިން ގަތް ޑްރޯންތަކައް ޚާއްސަ ބޭސްއެއް ނ މާފަރުގައި ތަރައްޤީކުރަމުންދާކަމަށް ބޭރުގެ ރިޕޯޓުތައް ބުނެފި އެވެ.

THE TRAVELLER AD

މެދުއިރުމަތީގެ ހަބަރުތައް ގެނެސްދޭ މިޑިލްއީސްޓް މޮނީޓާ, މެމޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ޕެޓްރޯލް ކުރުމަށް ރާއްޖެއިން ފުރަތަމަ ފަހަރަށް ތުރުކީގެސަވައިލަންސް ޑްރޯން ތަކެއް މިހާރު ވަނީ ގަނެފައި އެވެ.

ރާއްޖޭގައި ބައެއް އިސް އޮފިޝަލުންތަކާއި ހަވާލާދީ މެމޯއިން އިތުރަށް ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް މޮނިޓާ ކުރުމަށް ތުރުކީން ގަތް އަސްކަރީ ޑްރޯންތައް އޮޕަރޭޓް ކުރުމަށް ނޫނު އަތޮޅު މާފަރުގައި ޑްރޯން ބޭސްއެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށައިފަ އެވެ.

ތުރުކިޔޭ އަކީ މިދިޔަ ނޮވެމްބަރު މަހު ޑރ މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ވަޑައިގެންނެވި ގައުމެވެ.

މި ދަތުރުފުޅުގައި އެގައުމުން އުފައްދާ އެކި އަސްކަރީ އުޅަނދުތައް ބައްލަވާލައްވައި ތުރުކީގެ ކުންފުންޏަކާއެކު އަސްކަރީ ޑްރޯން އެތެރެކުރުމުގެ އެއްބަސްވުމެއް އެކުލަވާލެއްވި އެވެ.

ކޮމެންޓް
ފަހުގެ
HDC