logoEN
cocacola
ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ސްކީމެއް!

ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ސްކީމެއް!

އަހުމަދު ޝުރާއު

logo

3/12/2024, 6:02:20 PM

# ފިނޭންސް މިނިސްޓްރީ

މެޕްގެ އެއްބަސްވުމުގައި ސޮއިކުރުން

ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން، 15 މިލިއަން ރުފިޔާގެ ސްކީމެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ގޮސިޔާ

މި ސްކީމް ކުރިޔަށް ގެެންދިޔުމަށް މިއަދު އެގްރިކަލްޗަ މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން އެސްޑީއެފްސީން ވަނީ ސޮއިކޮށްފައި އެވެެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ، ސްޓޭޓު މިނިސްޓަރ ޙުސައިން ޝާމް އާދަމެވެ.އެގްރިކަލްޗަ މިނިސްޓްރީ އެ ވުޒާރާގެ ސްޓޭޓު މިނިސްޓަރ މަރިޔަމް ވިޝާމާ އަޙްމަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އެސްޑީއެފްސީން ސޮއިކުރެއްވީ އެބޭންކުގެ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ފިފްޝީން އަލީއެވެ.

ސަރުކާރުން ބުނީ މި އެއްބަސްވުމަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓު، އިފާޑާއި ގުޅިގެން ހިންގަމުންގެންދާ ' މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް' މެފްގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން، 15188700 ( ފަނަރަ މިލިއަން އެއްސަތޭކަ އަށްޑިހަ އަށްހާސް ހަތްސަތޭކަ) ރުފިޔާގެ މެޗިން ގްރާންޓް ސްކީމެއް ކުރިއަށްގެންދިޔުމާއި ގުޅޭ އެއްބަސްވުމެއް ކަމަށެވެ.

View post on Twitter

އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ނަމުގައި ކުރިއަށްގެންދާ މި ސްކީމް އަމާޒުކޮށްފައިވަނީ "މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް" މެޕްގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިވެރިންނަށެވެ. ގޮތުން 26 ރަށުގެ ދަނޑުވެރިން ހިމަނައިގެން އައިލެންޑް ފާރމާ ފޯރަމް ގުރޫޕެއް ހަދައި އެފަރާތްތަކަށް ދަނޑުވެރިކަމާއި ގުޅުންހުރި ދާއިރާތަކުން ތަމްރީނާއި މައުުލޫމާތާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވެމުންގެންދެވެއެވެ.

ޕްރޮޖެކްޓުގެ މައިގަނޑު އެއް މަސައްކަތެއްގެގޮތުގައި 12 ރަށެއްގައި ގްރީންހައުސް އަޅައިގެން ކޮކޯޕީޓްގައި ކިއުކަމްބާ އަދި މެލަން ހައްދާނެގޮތުގެ ޓެކްނިކަލް ތަމްރީން ޕްރޮގްރާމްތަކެއް މިހާރުވެސް ކުރިއަށް ދެއެވެ.

މިޕްރޮޖެކްޓުން މިކުރާ މަސައްކަތުން ކުރެވޭ އުންމީދަކީ ދަނޑުވެރިކަމުގެ ސިނާއަަތު މިހާރަށްވުރެ ފުޅާވެ ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެން ދިއުންކަމަށް ސަރުކާރުން ބުނެއެވެެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ