logoEN
cocacola
ޑޮލަރު ލިމިޓް ކުޑަކުރަން ނިންމާފައެއް ނުވޭ - ސަރުކާރު

ޑޮލަރު ލިމިޓް ކުޑަކުރަން ނިންމާފައެއް ނުވޭ - ސަރުކާރު

އަލްފާ އަލީ

logo

2/12/2024, 1:29:00 PM

# ޑޮލަރު ލިމިޓް# ފިނޭންސް މިނިސްޓްރީ# ބީއެމްއެލް

ބީއެމްއެލް ކާޑުން ޑޮލަރު ނެގޭ މިންވަރު މަދުކުރުމަށް ނިންމި ވާހަކަ ސަރުކާރުން ވަނީ ދޮގުކޮށްފައި ---

ބެންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރު ކުޑަކުރަން ނިންމާފައިނުވާކަމަށް ސަރުކާރުން ބުނެފި އެވެ.

ގޮސިޔާ

ބޭންކް އޮފް މޯލްޑިވްސް ގެ ކާޑުތަކުން މަހެއްގެ މައްޗަށް ބޭރު ފައިސާ ނެގޭ މިންވަރު 25 ޑޮލަރަށް ކުޑަކުރަން ނިންމާފައިވާ ކަމަށް ބުނެ މިއަދު މީޑިއާތަކުގައި ވަނީ ހަބަރު ފަތުރާފައެވެ.

އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ބެންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރު ކުޑަކުރުމަށް އެއްވެސް ނިންމުމެއް ނިންމާފައިވާ ނުވާކަމުގެ ޔަގީންކަން ބޭންކުން މިނިސްޓްރީއަށް ދީފައިވާ ކަމަށެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތަށް ބަލައި ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރުގެ ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތައް ގެނައުމަށް ސަރުކާރާއި އެމްއެމްއޭ އަދި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުތައް ފަހިކުރުމަށް ދިވެހި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ކުރިމަތިވެފައި ހުރި މާލީ ދަތިތަކުން އަރައިގަނެ ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް ސަރުކާރުން ގެނެސްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން އިގްތިސާދީ މިފަދަ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާނެ ފަދަ މޭރުމަކުން ހަބަރު ނުފެތުރުމަށާއި ޒިންމާދާރުކަމާއެކު މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ރާއްޖޭގެ ހަބަރު ފަތުރާ އެންމެހާ ފަރާތްތަކަށް ފިނޭންސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ