logoEN
cocacola
އިސްލާމީ އިދާރީ ލީޑަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށަނީ

އިސްލާމީ އިދާރީ ލީޑަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށަނީ

އަހުމަދު ޝުރާއު

logo

3/6/2024, 6:24:31 PM

# ޑރ ޝަހީމް# އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރ ޝަހީމް

އިސްލާމީ އިދާރާތައް ހިންގާނެ އިސްލާމީ އިދާރީ ލީޑަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާކަން އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

މިނިސްޓަރ ޝަހީމް މިއަދު ވިދާޅުވީ އިސްލާމީ އިދާރާތައް ހިންގާނެ އިސްލާމީ އިދާރީ ލީޑަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ރޯދައިގެ ފަހުން ފެށުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި އިސްލާމިކް މިނިސްޓަރުކަމާއި މިނިސްޓްރީގެ މަތީ މަޤާމުތަކާއި ކޮލެޖް ޔުނިވަރސިޓީތައް އިދާރީ ގޮތުން ހިންގައި ލީޑްކުރާނެ ޚާއްޞަ އިލްމީ ޒުވާން ޓީމެއް ތަމްރީނު ކުރެވޭނެ.ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި ޕްރޮގްރާމުގައި ބައިވެރި ވެވޭނީ އިސްލާމީ ދާއިރާއަކުން ދަށްވެގެން ޑިގްރީ އެއް އޮތް ހޮވާލެވޭ އިލްމީ މީހުންނަށް ކަމަށެވެ.

މި ޕްރޮގްރާމުގައި އިސްލާމީ އިދާރީ ލީޑަރޝިޕް، އިސްތިރާޖީ ވިސްނުމާއި އިސްތިރާޖީ ރޭވުންތެތިކަމާއި މުއައްސަސާތައް ބިންނާކުރާނެ ގޮތާއި، ހިންގުމާއި ޓީމު ވޯކާއި ޑިޕްލޮމަސީއާއި ކްރައިސިސް މެނޭޖްމަންޓް މި ނޫން ވެސް ލީޑަރޝިޕާ ގުޅުން ހުރި ދާއިރާތަކުން ޓްރެއިނިގް ދެވޭނެ ކަން ވެސް މިނިސްޓަރ ހާމަކުރެއްވި އެވެ.

މި ޕްރޮގްރާމު ހިންގާނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ހިމަނައިގެންކަންވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މި ޕްރޮގްރާމުގެެ އަޒުމަކީ ރާއްޖޭގެ އިސްލާމީ މުއައްސަސާތައް ލީޑްކުރާނެ ޒުވާން ޓީމެއް ބިނާކުރުން ކަމަށާއި މި ޕްރޮގްރާމްގެ ތެރެއިން އިސްލާމީ ޤައުމުތަކުގެ މުހިންމު ޝަޚްޔަތުތަކާއި ބައްދަލުކުރުމާއި ޤައުމުތަކަށް ޒިޔާރަތްކުރުމާއި ތަޖުރިބާ ހޯދުން ހިމެނޭ ކަންވެސް މިނިސްޓަރ ވަނީ ހާމަކުރައްވާފައި އެވެ.

އިސްލާމިކް މިނިސްޓަރު ކަމާއި ޑރ ޝަހީމް ހަވާލުވެވަޑައިގެންނެވި ފަހުން އިސްލާމީ ތަފާތު ގިނަ ޕްރޮގްރާމުތަކެއް ދަނީ ކުރިޔަށް ގެންދަމުންނެވެ..

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ