
ދިއްގަރުގައި 75 ހައުސިންގ ޔުނިޓް ގާއިމުކުރުމުގެ މަސައްކަތް މިއަހަރު ފަށާނަން - ރައީސް
# ރައީސް މުއިއްޒު# މ. ދިއްގަރުރައީސް ދިއްގަރުގައި
ދިއްގަރުގައި 75 ހައުސިންގ ޔުނިޓް ގާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ބަނދަރާއި ގުޅިގެން ކުރަންހުރި ކަންކަމާއި ހިއްކާފައިވާ ބިމުގައި ފެނާ ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ގާއިމުކުރުމާއި ރަށުގެ މަގުތައް ހެދުމާއި އަދި އެނޫންވެސް ރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން މިދިޔަ ދުވަސްތަކުގައި ކުރަމުންދިޔަ މަސައްކަތްތަކަކީ އިޤުތިޞާދުގައި ހުރި މައްސަލަތައް ހައްލުކޮށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމުގެ މަސައްކަތްކަމުގައެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް މުއްސަނދިކަން ހޯދޭނެ ގޮތްތައް ފަހިކޮށްދިނުންކަމަށެވެ. އެގޮތުން އިޤުތިޞާދީ މަންފާލިބޭގޮތަށް ކައުންސިލުގެ އިޚްތިޞާސްގައި އޮންނަ ރަށެއް ނުވަތަ އިޚްތިޞާސްގައި ނުހިމެނޭ ރަށެއް ވިޔަސް ކައުންސިލަށް ލިބުމަށް މަގުފަހިވާގޮތަށް ނިންމެވި ނިންމެވުމަކީވެސް އެބޭނުމުގައި ނިންމެވި ނިންމެވުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އަދި އެގޮތަށް ރަށްތަކަށް އެދުމަށް ހުޅުވާލާފައިވާ ރަށްތަކުގެ ލިސްޓުގައި އިތުރު ރަށްތައް ހިމަނުއްވަމުން ގެންދަވާނެކަމަށާއި އަދި އެގޮތަށް ރަށްރަށް ދޫކުރުމަށް މިހާރު ގެޒެޓްކޮށްފައިވާ މުއްދަތު 10 އަހަރުން 25 އަހަރަށް އިތުރުކުރުމަށްވެސް މިހާރު ނިންމަވާފައިވާކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މި ބަދަލާއެކު އެފަދަ ރަށްރަށުގައި އެކިދާއިރާތަކުން ވިޔަފާރިތައް ހިންގުމަށް ރަނގަޅު ފުރުޞަތުތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.
ގުޅުންހުރި
ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

އެއްވެސް ގައުމަކަށް ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން ފުރުސަތު ނުދެން، ދެންވެސް ނުދޭނަން!

ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ކޮމަންވެލްތު ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސްގެ އިލްތިމާސް!

.gif&w=3840&q=75)



