
-
ސަލްޓަން ޕާކުގައި ހުންނަ އުސްގެކޮޅު އިންޓަރެކްޓިވް މިއުޒިއަމަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ ސަރުކާރުގެ ހަފްތާ 14 މެނިފެސްޓޯގެ ދަށުން ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، އުސްގެކޮޅު އިންޓަރެކްޓިވް މިއުޒިއަމަކަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެތަނަށް ގެންނަވަން ބޭނުންފުޅުވާ ބަދަލެއް ކަމަށެވެ. އަދި އުސް ގެކޮޅު ހިމެނޭހެން މުޅި ރަސްރަނި ބަގީޗާ ވެސް ޒަމާނީ ގޮތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން އެތަން ބަދަލުކުރަނީ މި ޒަމާނުގެ ގޮތަށް ސުމޭކް އުކުޅުތައް ބޭނުންކޮށްގެން ދިވެހިންގެ ސަގާފަތުގެ ވާހަކަތަކުގައި ބައިވެރިވެވޭނެ ގޮތަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އުސްގެކޮޅަކީ 1903 ވަނަ އަހަރު ރާއްޖޭގެ ރަސްކަން ކުރެއްވި އަލްސުލްތާނު މުހައްމަދު އިމާދުއްދީން ހަވަނަ މިސްރުން ކައިވެނި ބައްލަވައިގެންނެވި އަނބިކަނބަލުންނަށް ހެއްދެވި ތަނެކެވެ.
ގުޅުންހުރި

ދިވެހި ޤައުމިއްޔަތު އިއާދަކުރުމަށް ޓަކައި ޢިލްމުތަކާއި ފަންނުތައް ވެހިކުރުން މުހިންމު: އާދަމް ނަސީރު

ވިހި ވަނަ ޤަރުނުގެ ދިވެހީން ދުށް ހުވަފެން ޙަޤީޤަތަކަށް ހައްދަވައިދެއްވީ އަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު -ވަޒީރު

ދިވެހިންގެ އަސްލުވަންތަކަމާއި ހުނަރުތައް އިޢާދަކުރެއްވުމަށް ރައީސް ޚާއްސަ އިސްކަމެއްދެއްވާ - އާދަމް ނަސީރު
