logoEN
Sto top
އުސްގެކޮޅު އިމަރސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމާ މި އަހަރު ހުޅުވާނެ - ރައީސް

އުސްގެކޮޅު އިމަރސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމާ މި އަހަރު ހުޅުވާނެ - ރައީސް

# ރިޔާސީ ބަޔާން 2026# އުސްގެކޮޅު# ރައީސް މުއިއްޒު

އުސްގެކޮޅު --

އުސްގެކޮޅު އިމަރސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމާ މި އަހަރު ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Wamco

ރައްޔިތުންގެ މަޖިލިހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބިނާކުރެވޭ އިންޓަރެކްޓިވް އިމާސިވް މިއުޒިއަމް މަސައްކަތް ނިންމާ މިއަހަރުތެރޭގައި ހުޅުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، އިންޓަރެކްޓިވް އިމާސިވް މިއުޒިއަމް ބިނާ ކުރުމުގެ އަމަލީ މަސައްކަތް އުސްގެކޮޅާއި، އެގެކޮޅު ހިމެނޭ ސަރަހައްދުގައި މިހާރު ކުރަމުން އަންނަ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރުތެރޭ މި ތާރީހީ ޑީޖިޓަލް ދާރުސް އާސާރު ހުޅުވާނަން" - ރައީސް

މީގެ އިތުރުންވެސް ރައީސް ވިދާޅުވީ، ރާއްޖޭގައި ނެތެމުންދާ ސަގާފަތާއި ފަންނުތައް ދިރުވައި އާލާކޮށް، ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައިވެސް ގިނަ ކަންތައްތަކެއް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ތުނޑުކުނާ ވިޔުމާއި، ތިލޭރުކަމާއި، ސާންތިވިޔުމާ، މާވަޑިކަމާއި، ލިޔެލާ ޖެހުމާއި، ކަސަބު ގެތުމާއި، ފޭލިވިޔުމާއި، ފަނާއި ރުކުފަތި އަދި ސަޓާއިން ތަކެތި ވިޔުމުގެ ގައުމީ ސަނަދުގެ ލެވެލް 3 ގެ ނޭޝަނަލް އޮކިއުޕޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑަށް ޓްރޭނިންގ ޕެކޭޖް ހެދުމުގެ އަމަލީ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ބ. ތުޅާދޫގައި، ލިޔެލާ ޖެހުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީން މަރުކަޒެއް ގާއިމްކުރުމާއި، ދ. ރިނބުދޫގައި އަތްތެރި މަސައްކަތް ދަސްކޮށްދޭ މަރުކަޒެއް ގާއިމްކުރުމާއި، އަދި ގދ. ގައްދޫގައި ތުނޑުކުނާ ވިޔުމުގެ މަސައްކަތް ދަސްކޮށްދޭ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތްވެސް މިއަހަރު ފެށިގެން ދާނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC