ތަމްރީނުކުރާ ޒުވާން ޚަތީބުންނަށް އާދިއްތަ ދުވަހު ހުއްދަ ދޫކުރަނީ
# ޒުވާން ޚަތީބުން# އިސްލާމިކް މިނިސްޓްރީޒުވާން ޚަޠީބުންގެ ތަމްރީނު ޕްރޮގްރާމްުގެ ތެރެއިން ---
ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ދަށުން، އަލަށް ތަމްރީނުކުރާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހު ރަސްމީ ހުއްދަ ދޫކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ޒުވާން ޚަޠީބުން ތަމްރީން ކުރުމަށް މިހާރު ފެށިގެން ކުރިއަށްދާ ޕްރޮގްރާމް ނިންމައި މިމަހުގެ 10 ވަނަ ދުވަހު ރަސްމީ ހުއްދަ ދޫކުރާނެ ކަމަށެވެ. އަދި އެ ހުއްދައާއެކު ރޯދަ މަހު އެޒުވާނުން ޚުޠުބާ ކިޔާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ޒުވާން ޚަޠީބު ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވި ކުދިންނާއި އިންޓަވިއުކޮށް، ސްކްރީންކުރުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފެށީ މިދިޔަ ޖެނުއަރީ މަހުއެވެ. އެގޮތުން މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި 160 ކުދިންނާ ވަނީ އިންޓަރވިއުކޮށްފައެވެ.
ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގްރާމަކީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިސްނެންގެވުމުގެ މަތިން، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.
ގުޅުންހުރި

މިއަހަރުގެ މިހާތަނަށް 738 އިމާމުންނަށް ތަމްރީނުދީފި

މާލެ ސިޓީ އިމާމުންނަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ނިންމާލައިފި

މާލެ ސަރަހައްދުގައި އިތުރު ދެ ވަގްފު މަޝްރޫއު ފެށުމަށް ތައްޔާރުވަނީ





