logoEN
cocacola
ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލައަށް ރިވިއުކޮށް ލުޔެއް ދެނީ

ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލައަށް ރިވިއުކޮށް ލުޔެއް ދެނީ

އަހުމަދު ޝުރާއު

logo

3/5/2024, 2:40:10 PM

# ހޯމް މިނިސްޓްރީ

ހޯމް މިނިސްޓްރީގެ ޕްރެސް

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތައް މުރާޖަޢާކުރުމަށްފަހު ލުޔި ދޭން ނިންމާފައިވާކަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިޙުޞާން ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ހޯމްލޭންޑް މިނިސްޓްރީއިން މިއަދު ހޯމްޓީމް ނަމުގައި ބޭއްވި ނޫސްވެރިންެގެ ބައްދަލުވުމުގައި އިހްސާން ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތަކަކީ ކޮބައިތޯ ބަލައި، އެއްވެސް މީހަކަށް ލުޔެއް ދެވެން އޮތްނަމަ އެ ލުޔެއް ދެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލާއި ކޯޓުތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށެވެ.

އިހްސާން ވިދާޅުވީ ވާނުވާ ބަންދުގައި އެންމެ ގިނައިން ތިބީ ބޮޑެތި މާރާމާރީތަކާއި ޓެރަރިޒަމްގެ ކުށަށް ތުޙުމަތުކުރެވޭ މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހުންކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވަނީ އެމީހުން ދޫކޮށްލައިނަމަ މުޖުތަމައުއަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އިހުސާން ވިދާޅުވި ގޮތުގައި، ވާނުވާ ބަންދުގައި މިހާރު ތިބި މީހުންނަށް އެއްވެސް ލުޔެެއް ދެވޭނެ ގޮތް ވެއްޖެ ނަމަ މުޖުތަމައަށް ގެއްލުން ނުވާ ގޮތަށް އެކަން ކުރެވޭ ގޮތެއް ވޭތޯ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު އެންގެވި އެންގެވުމާއި އެއްގޮތަށް އަންނަނީ ބަލަމުން ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ބަންދުގައި ތިބި މީހުންގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވާކަމެއްކަމަށާއިއަދި ހުކުމެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ބޭތިއްބުމަކީ އެދެވޭ ގޮތެއް ނޫންކަމަށެވެ. އަދި މި މައްސަލައިގެ އަސްލަކީ ކޯޓުތަކުގައި މައްސަލަ ދިގުލައިގެން ދިއުންކަން ކަމަށާއި އެހެން ކަމުން މައްސަލަތައް އަވަސްކުރެވޭނެ ގޮތްތައް ހޯދުމަށް ކޯޓުތަކާއި ގުޅިގެން މަސައްކަތް ކުރައްވަމުންގެންދަވާކަންވެސް މިނިސްޓަރ ހާމަކުރެއްވި އެވެ

ޝަރީއަތް ނިމެންދެން ދިގު މުއްދަތަކަށް ބަންދުކުރުން ނިމުމަކަށް ގެނައުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ