
ވިލިމާލެ ބަލިކޮށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ލ.ގަން މުބާރާތްގެ ފައިނަލުން ޖާގަ ހޯދައިފި
# ގޯލްޑަން ފުޓްސަލް ޗެލެންޖު 2024# ލ.ގަން# ވިލިމާލެގަމުގެ ކުޅުންތެރިން އުފާފާޅުކުރަނީ
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި ފަހަތުން އަރައި ވިލިމާލެ 5-3 ގެ ނަތީޖާއަކުން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ލ.ގަން މުބާރާތްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ލ. ގަން މުބާރާތްގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި އއ. މަތިވެރި ޕެނަލްޓީގައި 6-7 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ވިލިމާލެ ސެމީ ފައިނަލުގެ ޖާގައެއް ހޯދީ ކުއާޓާ ފައިނަލްގައި ސ. ހިތަދޫ 1-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި މިއީ ވިލިމާލެ އިން މުބާރަތުގެ ސެމީ ފައިނަލުން ޖާގަ ހޯދި ފުރަތަަމަ ފަހަރެވެ.
ހުޅުމާލޭ ރެހެންދި އެއް ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ވިލިމާލެ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ގަމުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ފަސް ލަނޑު ކާމިޔާބުކުރިއިރު، ދެވަނަ ހާފުގައިި ވިލިމާލެއަށް ކާމިޔާބު ކުރެވުނީ އެންމެ ލަނޑެކެވެ.
މިމެޗުގައި ގަމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދި އިރު އެޓީމުގެ އަބްދުﷲ ޖުނައިދު އަދި އަހުމަދު ހަލީމް (އަންމަޑޭ) މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ވިލިމާލޭގެ ތިން ލަނޑު ވެސް ކާމިޔާބުކޮށްދިން އެޓީމުގެ އަބްދުﷲ ޝައްފާން އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-3 ގެ ނަތީޖާއަކުން ލ.ގަން ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ގަމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) އެވެ.
ގުޅުންހުރި

ވިލިމާލޭގައި މޫދަށް އެރުނު މީހަކު އޮޔާދަނިކޮށް ސަލާމާތްކޮށްފި: ހާލު ރަނގަޅު!

ވިލިމާލޭގެ އިމާރާތްތައް 10 ބުރިއަށް އިމާރާތް ކުރެވޭގޮތް ހަދައިފި

މަދިރީގެ ޒަރީޔާއިން ޖެހޭ ބަލިތައް އިތުރުވާތީ ވިލިމާލެ، މާލެ އަދި ހުޅުމާލެ ފޮގް ކުރަނީ
