logoEN
cocacola
ވިލިމާލޭގެ އިމާރާތްތައް 10 ބުރިއަށް އިމާރާތް ކުރެވޭގޮތް ހަދައިފި

ވިލިމާލޭގެ އިމާރާތްތައް 10 ބުރިއަށް އިމާރާތް ކުރެވޭގޮތް ހަދައިފި

އަލްފާ އަލީ

logo

5/9/2024, 12:01:43 PM

# ވިލިމާލެ

--

ވިލިމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ފިޔަވައި އެހެނިހެން ބޭނުމަށް ހަދާ ޢިމާރާތްތައް 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދީފިއެވެ.

ގޮސިޔާ

ހައުސިން މިނިސްޓްރީން މިއަދު ގެޒެޓްކުރި މާލޭ ޕްލޭނިން ގަވާއިދުގެ ހަތް ވަނަ އިސްލާހުގައި އިމާރާތް ކުރުމުގެ ބަައެއް ގަވާއިދުތައް ވަނީ އިސްލާހުކޮށްފައެވެ.

މި ގަވާއިދުގައި ބުނެފައިވާގޮތުގައި, ދިހަ ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދިން ނަމަވެސް އެއްވެސް ޢިމާރާތެއްގެ އުސްމިން 30.48 މީޓަރަށްވުރެ އުސްވެގެން ނުވާނެ އެވެ. އަދި މިވަރަށް އިމާރާތްކުރެވޭނީ އިމާރާތް ހަދާ ގޯތީގެ ބޮޑުމިން 2000 އަކަފޫޓަށްވުރެ ކުޑަ ނޫންނަމައެވެ.

2000 އަކަފޫޓަށްވުރެ ކުޑަނަމަ އިމާރާތް ކުރެވޭނ،ީ 6 ބުރިއަށް ކަމަށްވެސް ބުނެފައި ވެއެވެ. އެއީ 18.5 މީޓަރު ނުވަތަ 54.134 ފޫޓަށްވުރެ އުސްނުވާ ވަރަށް ކަމަށްވެސް ބުނެފައި ވެއެެވެ.

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ