logoEN
cocacola
ކާބޯތަކެތީގެ ހިދުމަތްދޭ 993 ތަނެއް ބަލައި ފާސްކޮށްފި

ކާބޯތަކެތީގެ ހިދުމަތްދޭ 993 ތަނެއް ބަލައި ފާސްކޮށްފި

އަލްފާ އަލީ

logo

3/4/2024, 2:37:23 PM

# އެޗްޕީއޭ

-

ކާބޯތަކެތީގެ ހިދުމަތްދޭ 993 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ގޮސިޔާ

ފެބުރުވަރީ 19ން ފެށިގެން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ އިންސްޕެކްޝަނާ ގުޅޭގޮތުން އެޗްޕީއޭ އިން ބުނީ މި އިންސްޕެކްޝަންގެ މައިގަނޑު މަގުސަދަކީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ސާފުތާހިރުކަމުގެ މިންގަޑުތަކާ އެއްގޮތަށް އަމަލުކުރުމަށް ބާރުއަޅައި، މި މިންގަނޑުތަކާ އެއްގޮތަށް ޚިދުމަތް ދިނުމަށް ބާރުވެރިކޮށް، އަހުލުވެރި ކުރުވުން ކަމަށެވެ.

އެޗްޕީއޭއިން މިއިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީ ކައުންސިލާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެންނެވެ.

މި އިންސްޕެކްޝަންތަކުގެ ތެރޭގައި ޗެކްކުރެވުނު ތަންތަނަށް ބަލާއިރު އެންމެ ގިނައިން ޗެކްކޮށްފައިވަނީ ކެފޭތަކެވެ. އޭގެ އިތުރުން ރެސްޓޯރެންޓް، ޓޭކްއަވޭ އަދި ހޮޓާތައް ވަނީ ޗެކްކޮށްފައިވާއިރު، އެންމެ ގިނައިން ޗެކްކޮށްފައިވަނީ މާލޭގައި ހިމެނޭ ތަންތަނެވެ. އެގޮތުން މާލޭގެ 597 ތަނެއް ބަލައިފާސްކޮށްފައި ވާއިރު، ހުޅުމާލޭން 308 ތަނެއް، ވިލިމާލޭން 19 ތަނެއް އަދި ހުޅުލޭ އެއާޕޯޓުން 43 ތަނެއް ވަނީ ބަލައިފާސްކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭން ބުނީ އިންސްޕެކްޝަންގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލައި، އެކަންތައްތައް އިސްލާހުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން މަސައްކަތްތައް ކުރެވޭނެ ކަމަށެވެ. އަދި ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަޑުތައް ބަޔާންކުރާ ގަވާއިދުގެ މަތިން ފިޔަވަޅު އެޅޭނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ