logoEN
cocacola
މާލެ އިމާރާތެއްގައި ރޯވެ އަނދަނީ!

މާލެ އިމާރާތެއްގައި ރޯވެ އަނދަނީ!

އަލްފާ އަލީ

logo

3/2/2024, 1:26:40 PM

# އަލިފާނުގެ ހާދިސާ

މާލެ ހެންވޭރު އިމާރާތެއްގައި އަލިފާނުގެ ހަދިސާއެއް ހިނގައިގެން ސިފައިން ހަރަކާތެރިވާން ފަށައިފި އެވެ.

ގޮސިޔާ

އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގައިގެން އުޅެނީ، މަޖީދީމަގު، އިބްރާހީމް މިސްކިތް ކައިރި ހުރި އިމާރަތެއްގެ މަތީގައި ކަމަށެވެ .

އަލިފާން ނިއްވުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން އަންނަނީ މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ހ.ސަންގްރޭޒްގެ ފުރަތަމަ ފަންގިފިލާގައި އަލިފާން ރޯވެފައިވާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ އިރުއޮއްސި 18:07ހާއިރުއެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ފައިޓަރުންގެ މަސައްކަތުން މިގޭގައި ރޯވި އަލިފާންވަނީ 18:23 ހާއިރު ނިއްވާލާފައެވެ.

އަލިފާނުގެ މިހާދިސާ ހިނގާފައިވަނީ އެއިމާރާތުގައި ހުރި އަވަނެއް އޯވަރ ހީޓްވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިހާދިސާގައި ދުމުގެ އަސަރުކޮށްގެން އުމުރުން ދުވަސްވީ ދިވެހި އަންހެނަކާއި، ފިރިހެނަކު އޭޑީކޭއަށް ގެންގޮސްފައިވާއިރު، ގެއިން ނުކުންނަން އުޅުމުގެ ތެރޭގައި ފައި ހަލާކުވި ބިދޭސީއަކުވެސް ވަނީ އޭޑީކޭއަށް ގެންގޮސް ފަރުވާދީފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ