logoEN
cocacola
ރައްކާތެރިކަން ކަށަވަރުކުރެވެންދެން އަލިފާނުގެ ހާދިސާ ހިނގި ކެނެރީ މަގު ބަންދުކޮށްފި

ރައްކާތެރިކަން ކަށަވަރުކުރެވެންދެން އަލިފާނުގެ ހާދިސާ ހިނގި ކެނެރީ މަގު ބަންދުކޮށްފި

އަހުމަދު ޝުރާއު

logo

4/10/2024, 5:47:18 PM

# ދިވެހި ފުލުހުންގެ ޙިދުމަތް# އަލިފާނުގެ ހާދިސާ

މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ

ރައްކާތެރިކަން ކަށަވަރުކުރެވެންދެން މިރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ކެނެރީ މަގު ބަންދުކޮށްފި އެވެ.

ގޮސިޔާ

ފުލުހުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މ. ރަބީއުވިލާ ގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ ގައި އެ ގެއަށް ލިބިފައިވާ ގެއްލުމުގެ ފުރިހަމަ އިންސްޕެކްޝަނެއް ހަދައި ރައްކާތެރިކަން ކަށަވަރު ކުރެވެންދެން އެމަގު ވަނީ އާންމު ދަތުރު ފަތުރަށާއި އެ މަގުގެ ގެތަކުގައި ދިރިއުޅޭ މީހުން ފިޔަވައި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ބަންދުކޮށްފައިވާ ކަމަށެވެ.

އަދި އެ މަގުގެ ގެ ތަކުގައި ދިރިއުޅޭ މީހުންވެސް އެ މަގުގައި ހިނގާ ބިނގާވެ އުޅޭ އިރު އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރެއްވުމަށް ފުލުހުން ވަނީ އެދިފައި އެވެ.

View post on Twitter

މިރޭ އަލިފާނުގެ ހާދިސާ ހިނގީ ކެނެރީމަގުގައި ހުންނަ މ. ރަބީއުވިލާ ގެ 4 ވަނަ ފަންގިފިލާގައި އެވެ. އަދި އަލިފާނުގެ އަސަރު އެގޭގެ އެހެން ފަންގިފިލާތަކަށްވެސް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެގޭގެ ވެރިފަރާތާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެގެއަކީ މީހުން ދިރިނޫޅޭ ގެއެކެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭގެ 20:19 ގައި އެވެ. އެއާއިއެކު ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ވަނީ އެސަރަހައްދުގައި ހަރަކާތްތެރިވެ އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށް އެއްކޮށް ނިއްވާލާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ