
އެއާ އެމްބިއުލާންސްގެ ފުރަތަމަ އޮޕަރޭޝަން މިރޭ ފުވައްމުލަކަށް!
# އެއާ އެމްބިއުލާންސް# ފުވައްމުލައް ސިޓީއެއާ އެމްބިއުލާންސް
ރާއްޖޭގައި މިއަދު ފެށި އެއާ އެމްބިއުލާންސް ހިދުމަތުގެ ތެރެއިން ފުރަތަމަ ފަހަރަށް ބަލި މީހަކު މާލެ ގެނައުމަށް މަސައްކަތް ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއާ އެމްބިއުލާންސް މެދުވެރިކޮަށް މާލެ ގެނައުމަށް މަސައްކަތް ފަށާފައިވަނީ ފުވައްމުލައް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ބަލި މީހެކެވެ.
އެގޮތުން ބަލި މީހާ މާލެ ގެނައުމަށްޓަކައި ވީއައިއޭއިން އެއާ އެމްބިއުލާންސަށް ބޭނުންކުރާ މަތިންދާބޯޓު މީގެ އިރުކޮޅެއް ކުރިން ވަނީ ފުވައްމުލަކަށް ދިޔުމަށް ދަތުރުފަށާފައި އެވެ. އެފްލައިޓު ފުވައްމުލަކު އެއާޕޯޓައް ޖައްސާނި މިރޭ 23:10 ހާއިރު އެވެ.
އަދި ބަލި މީހާއާއި އެހީތެރިން ގޮވައިގެން އެމީހާ މާލެ ގެނައުމަށް ފުވައްމުލައް ސިޓީއިން ފުރާނީ 23:40 ހާއިރު އެވެ. ބަލި މީހާ މާލެ އަށް ގެނެވޭނެ ކަމަށް ލަފާކޮށްފައިވަނީ މިރޭ މެންދަމު 01:05 ހާއިރު އެވެ.
މިއީ އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ފެށިތާ 24 ގަޑި އިރުވެސް ނުވަނީސް އެއާ އެމްބިއުލާންސްގައި އޮޕަރޭޓްކުރާނެ ފުރަތަމަ މެޑިކަލް އެވެކުއޭޝަނެވެ.
އިތުރު ތަފްސީލް އަންނަނީ ...
ގުޅުންހުރި

ފުވައްމުލަކުގައި ބެޓެރި އެނަރޖީ ސްޓޯރޭޖް ސިސްޓަމްގެ ބިންގާ އެޅުމުގެ މަސައްކަތް ފަށައިފި

ފުވައްމުލަކުގައި "އުފާވެރި ދިރިއުޅުމަކަށް ކަސްރަތު 2025" ގެ ނަމުގައި ޕްރޮގްރާމެއް ހިންގައިފި

މައްސަލަ ހައްލުކޮށް ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފުވައްމުލަކުން ފެނުގެ ހިދުމަތްދޭން ފެށޭނެ - ސަރުކާރު
.jpg&w=3840&q=75)




