logoEN
Sto top
ފުވައްމުލަކުގައި އިތުރު 75 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫއު ގްލަޓް އިންވެސްޓްމަންޓާއި ހަވާލުކޮށްފި

ފުވައްމުލަކުގައި އިތުރު 75 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫއު ގްލަޓް އިންވެސްޓްމަންޓާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

11/5/2025, 5:00:09 AM

# ފުވައްމުލައް ސިޓީ

-

ޏ. ފުވައްމުލައް ސިޓީގައި 75 ހައުސިން ޔުނިޓްގެ ތަރައްޤީ ކުރުމުގެ މަޝްރޫޢު ގްލަޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.

Wamco

ސަރުކާރުން ފުވައްމުލަކުގައި ކުރިޔަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކުރީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެކުނުގެ ދެ ސިޓީއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކަށް ފުވައްމުލަކަށް ވަޑައިގެން މިރޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.

އެގޮތުން ރޭގެ ޖަލްސާގައި މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި ގްލަޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރ އަލްފާޟިލް ނާފިޢު ޢަބްދުއްރަހީމް އެވެ.

މި މަޝްރޫއުގްލަޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ހަވާލުކުރީ 101,250,000.00 ރުފިޔާ އަށް 700 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން ޏ. ފުވައްމުލައް ސިޓީގައި 3 ކޮޓަރި އެޕާޓްމަންޓްގެ 75 ހައުސިންގ ޔުނިޓް ޢިމާރާތްކުރެވިގެންދާނެ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އިއްޔެ އެރަށުގައި 400 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތްވެސް ވަނީ ފަށާފައި އެވެ.

މި މަޝްރޫއާއި ގުޅޭގޮތުން ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ އަދުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވާ އެއް ދާއިރާއަށް ވާ އިރު، ކުރިން ބަޔަކާ ހަވާލުކުރެވި، ފުވައްމުލަކު ސިޓީގައި ކުރިއަށް ނުގޮސް އޮތް 400 ހައުސިންގް ޔުނިޓްގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާ، މަސައްކަތް ފަށައިގަނެވިފައިވާކަމަށެވެ. އަދި ރޭ ސޮއިކުރެވުނު މަޝްރޫއުގެ އިތުރުން އެމަނިކުފާނު ވެވަޑައިގެންނެވީ ވަޢުދުފުޅުގެ ތެރެއިން ބާކީ ހުރި ހައުސިންގް ޔުނިޓްތަކުގެ މަސައްކަތް ކުރިއަށް އޮތް 2 އަހަރު ތެރޭގައި ފައްޓަވާ، ކުރިން ހަވާލުކުރެވިފައިވާ 400 ހައުސިންގް ޔުނިޓްގެ މަސައްކަތާއެކު މި ދައުރުގެ ތެރޭގައި ޖުމުލަ 900 ހައުސިންގް ޔުނިޓްގެ މަސައްކަތް ނިންމަވައި ދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC