logoEN
cocacola
ވިލިނގިލީގައި ސަފާރީއެއް ބަނުމަށްޓަކައި ހަދާފައި ހުރި ހަރުގެއްގައި ރޯވެ އަނދަނީ

ވިލިނގިލީގައި ސަފާރީއެއް ބަނުމަށްޓަކައި ހަދާފައި ހުރި ހަރުގެއްގައި ރޯވެ އަނދަނީ

އަހުމަދު ޝުރާއު

logo

2/28/2024, 6:33:47 PM

# ސިފައިން

ގއ ވިލިނގިލީގައި ސަފާރީއެއް ބަނުމަށްޓަކައި ހަދާފައި ހުރި ހަރުގެއްގައި ރޯވެ އަދަނީ

ގއ ވިލިނގިލީގައި ސަފާރީއެއް ބަނުމަށްޓަކައި ހަދާފައި ހުރި ހަރުގެއްގައި ރޯވެ އަދަމުން އަންނަ ކަމަށް ސިފައިން ބުނެފި އެވެ.

ގޮސިޔާ

ސިފައިން މީޑިއާ އޮފިޝަލް ދާދި ދެންމެ އަކު ވިދާޅުވީ ގއ ވިލިނގިލީ އުތުރު ފަރާތު މީހުން ނޫޅޭ ސަރަހައްދުގައި ސަފާރީއެއް ބަނުމަށްޓަކައި ހަދާފައި ހުރި ހަރުގެއެއްގައި އަލިފާން ރޯވެ އަނދަމުން އަންނަ ކަމަށެވެ.

އަދި އަލިފާންގަނޑު ނިންވާލުމަށް އެހީތެރިވުމަށްޓަކައި ތިނަދޫ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ކުޑަ އިރުކޮޅެއްގެ ތެރޭގައި ގއ ވިލިނގިއްޔަށް ދާނެ ކަންވެސް މީޑިއާ އޮފިޝަލް ހާމަކުރެއްވި އެވެ.

މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ ހަރުގޭގެ ފުރާޅު އަލިފާންގަނޑުގެ މައްޗަށް ވެއްޓި އަލިފާނުގެ ބޮޑުބައި ނިވިފައިވާކަމުގެ މައުލޫމާތު ދާދި ދެންމެ އަކު ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ސިފައިން ހާމަކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ