logoEN
cocacola
ނައިވާދޫ ކިބައިން ބަދަލުހިފައި، އުތީމުން ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދައިފި

ނައިވާދޫ ކިބައިން ބަދަލުހިފައި، އުތީމުން ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދައިފި

ހަސަން ޝަމްއޫން

logo

2/25/2024, 12:45:00 AM

# ހދ.ނައިވާދޫ# ހއ.އުތީމު# ދިވެހި ކުޅިވަރު # ގޯލްޑަން ފުޓްސަލް ޗެލެންޖު 2024

އުތީމުގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީ އާއެކު އުފާފާޅުކުރަނީ... ފޮޓޯ: އަދަދު ސްޕޯޓްސް

"ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ޒޯން އެކެއްގެ ފައިނަލުގައި މިރޭ ރޭ ހއ. އުތީމާއި ހދ. ނައިވާދޫ ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 6-7 ގެ ނަތީޖާއަކުން ނައިވާދޫ ބަލިކޮށް އުތީމުން ޒޯން އެކެއްގެ ޗެންޕިއަން ހޯދައިފިއެވެ.

ގޮސިޔާ

ނައިވާދޫ އިން މުބާރާތްގެ ފައިނަލުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ 9 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި އުތީމުން ފައިނަލުގެ ޖާގައެއް ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިތންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު ގްރޫޕް ސްޓޭޖުގައި ވާދަކުރި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނައިވާދޫ އިންނެވެ.

ހުޅުމާލޭ ރެހެންދި އެއް ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އުތީމުންނެވެ. މިލަނޑު ފުރަތަމަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ނަބީލް އެވެ.

މިއީ ނައިވާދޫގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ފުރުސަތެއްގައި ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނައިވާދޫ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުމަދު ހަމީދު އެވެ. މިއީ އުތީމުގެ ހާފު މެދެންހާ ހިސާބުހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، އުތީމުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދީ ފަހުހާފުގެ 26 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މުހައްމަދު ރިޝްމީ އެވެ. މިއީ އެޓީމުގެ އައިހަމް މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް ނައިވާދޫ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނައިވާދޫ އިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކުރީ ފަހުހާފުގެ 34 ވަނަ މިނެޓުގައެވެ. އަދި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އަހުމަދު ހަމީދު އެވެ. އަދި މިއީ ވެސް އުތީމުގެ ހާފު މެދެންހާ ހިސާބުހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އުތީމުން ކުރިއަށް ފޮނުވާލި ފަސް ޕެނަލްޓީ އެޓީމުން ކާމިޔާބުކުރި އިރު، ނައިވާދޫގެ ފަސް ޕެނަލްޓީގެ ތެރެއިިން އެޓީމަށް ކާމިޔާބު ކުރެވުނީ ހަތަރު ޕެނަލްޓީ އެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 6-7 ގެ ނަތީޖާއަކުން އުތީމު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އުތީމުގެ މުހައްމަދު ނަބީލް އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ މަޤާމު ދިއްދޫ ޓީމުގެ ހައިސަމް ރަޝީދު ހޯދި އިރު، މުބާރާތްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިވާދޫ ޓީމުގެ ކެޕްޓަން އަބްދުﷲ ޝާފިޢު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ