logoEN
cocacola
ރިމާހްގެ މޮޅު ކުޅުމާއެކު ގާފަރުން ޒޯން 3 ގެ ޗެމްޕިއަންކަން ހޯދައިފި

ރިމާހްގެ މޮޅު ކުޅުމާއެކު ގާފަރުން ޒޯން 3 ގެ ޗެމްޕިއަންކަން ހޯދައިފި

ހަސަން ޝަމްއޫން

logo

2/24/2024, 12:00:00 AM

# ބ.އޭދަފުށި# ގޯލްޑަން ފުޓްސަލް ޗެލެންޖު 2024# ދިވެހި ކުޅިވަރު # ކ.ގާފަރު

އޭދަފުއްޓާއި ގާފަރު ގުރޫޕް ސްޓޭޖުގައި ވާދަކުރި މެޗުގެ ތެރެއިިން.. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ޒޯން 3 ގެ ފައިނަލުގައި ހުކުރުދުވަހު ރޭ ބ. އަތޮޅު ޗެންޕިއަން އޭދަފުއްޓާއި ކ. އަތޮޅު ޗެންޕިއަން ގާފަރު ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 6-4 ގެ ނަތީޖާއަކުން އޭދަފުށި ބަލިކޮށް ގާފަރުން ޒޯން 3 ގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ގޮސިޔާ

ގާފަރުން ޒޯން ތިނެއްގެ ފައިނަލުން ޖާގަ ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި އޭދަފުށި ފައިނަލުގެ ޖާގައެއް ހޯދީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު ގުރޫޕް ސްޓޭޖުގައި ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވެސް ގާފަރުން ނެވެ.

ހުޅުމާލޭ ރެހެންދި އެއް ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އޭދަފުށިން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަލީ ފާސިރު (ސެންޓޭ) އެވެ.

މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ސެންޓޭ ކުޅެންނުކުތްތާ 10 ސިކުންތު ނުވަނީސް ގާފަރު ހާފު މެދެންހާ ހިސާބުން ލިބުނު ފުރުސަތެއްގައި ފޮނުވާލި ބާރު ހަމަލާއެއް ގޯލްގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އޭދަފުށީގެ މިލަނޑާއެކު ގާފަރުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ރިމާހް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ވެސް ދެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މިއާއެކު ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އޭދަފުށިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިިން ތިން ޕެނަލްޓީ އެޓީމަށް ކާމިޔާބު ކުރެވުނު އިރު، ގާފަރުން ވަނީ އެޓީމުން ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 6-4 ގެ ނަތީޖާއަކުން ގާފަރު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ގާފަރު ޓީމުގެ އިބްރާހިމް ރިމާހް އެވެ.

މީގެ އިތުރުން ޒޯން ތިނެއްގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިއާގެ މާގަމު ވެސް ހޯދީ ގާފަރު ޓީމުގެ އިބްރާހިމް ރިމާހް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ