ހޯމް މިނިސްޓްރީގެ ވެބްސައިޓް ހެކްކޮށްފައި
ރާއްޖޭގެ ހޯމް މިނިސްޓްރީގެ ރަސްމީ ވެބްސައިޓް ބަޔަކު ހެކްކޮށްފިއެވެ.
ރާއްޖޭގެ ދާހިލީ މުވައްސަސާތަކުގެ ބެލެނެވެރި ފަރާތްކަމުގައި ހޯމް މިނިސްޓްރީގެ ވެބްސައިޓް ހެކްކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.
ހޯމް މިނިސްޓްރީގެ އިސް އޮފިޝަލަކާއި ހަވާލާދީ ރާއްޖޭގެ ބައެއް މީޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވެބްސައިޓް އަނބުރާ ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން ކުރަމުންނެވެ. ނަމަވެސް އަދި މިހާތަނަށް ވެބްސައިޓުގެ އެކްސެސް އަނބުރާ އެމިނިސްޓްރީއަށް ލިބިފައި ނުވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ސައިޓު ހެކްކޮށްފައިވަނީ އިންޑިއާގެ ހެކަރުންގެ ގްރޫޕަކުން ކަމަށް ސައިޓް ގައި ވަނީ ބުނެފައި އެވެ. އެ ގްރޫޕުން ބުނެފައިވަނީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ހަނދާން ކޮށްދިނުން ވަރަށް މުހިންމު ކަމަށެވެ. އަދިވެސް އެފަދަ ކަންކަން ތަކުރާރުވަމުންދާނެ ކަމަށް ބުނެ ހެކްކަރުން އިންޒާރުވެސް ދީފައިވެއެވެ.
އަދިވެސް މިފަދަ ކަންކަން ތަކުރާރުވަމުންދާނެ ކަމަށް ބުނެ ހެކްކަރުން އިންޒާރު ވެސް ދީފައިވެ އެވެ.
މީގެކުރިން ވެސް ސަރުކާރުގެ ބައެއް ވެބްސައިޓްތައް އިންޑިއާގެ ހެކަރުން ކަމަށް ބުނެ ހެކް ކޮށްފައިވެ އެވެ.