
ދެއްވަދޫގައި ކުރިޔަށް ގެންދިޔަ ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ކޯސް 7 މީހަކު ފުރިހަމަކޮށްފި
# ގއ.ދެއްވަދޫ# ރެސްކިއު ޑައިވަރުން ތަމްރީން ކުރުންދެއްވަދޫގައި ކުރިޔަށް ގެންދިޔަ ރެސްކިއު ޑައިވާސް ޕްރޮގްރާމް ނިންމާުލުން
ދޮށީގެ މަސްވެރިންކަން ކުރާ ކޮންމެ އުޅަނދެއްގައި ރެސްކިއު ޑައިވަރަކު ބެހެއްޓުމަށް ކުރިއަށްގެންދާ ރެސްކިއު ޑައިވަރުން ތަމްރީން ޕްރޮގްރާމް އިތުރު 7 މީހަކު ފުރިހަމަކޮށްފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރެސްކިއު ޑައިވަރ ފެންވަރަށް ފަޅުވެރިން ތަމްރީނު ކުރުމުގެ ޕްރޮގުރާމުގެ ފެވަނަ ޕްރޮގްރާމް މިއަދު ފުރިހަމަކޮށްފައިވަނީ ގއ ދެއްވަދޫގެ 7 ދޯންޏަކަށް ނިސްބަަތްވާ 7 ފަޅުވެރިންނެވެ.
ގއ. ދެއްވަދޫއިން ކޯސް ފުރިހަމަކުރި މަސްވެރިން.
- އަލީފު މުޙައްމަދު/ ކުރިމަގު 2
- ރަމްޒީން މުޙައްމަދު/ ކުރިމަގު
- މުޙައްްމަދު ސަވާދު/ ސަވާރީ
- އަޙްްމަދު ޒާހިރު/ ފަހިމަގު
- ޙަސަން ވަޙީދު/ މަސްކުރަނގި
- ހަސަން ޤަދީރު / ދަރުމަ
- ހާޝިމް ޢަބްދުﷲ/ ސަންޓާނާ
ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް އިފްތިތާހް ކުރީ މިދިޔަ މަހު ގދ.މަޑަވެލީގައެވެ. އެގޮތުން އެރަށުން 8 ފަޅުވެރިއަކު ވަނީ ތަމްރީންކޮށްފައި އެވެ. އަދި މިމަހު ގއ ވިލިނގިލީގައިވެސް މި ޕްރޮގްރާމް ކުރިޔަށް ގެންދިޔައިރު 14 ފަޅުވެރިއަކު ވަނި އެރަށުންވެސް މި ޕްރޮގްރާމް ފުރިހަމަކޮށްފައި އެވެ.
މަސްވެރި ކޮންމެ އުޅަނދެއްގައި ތަމްރީން ލިބިފައިވާ ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ބޭނުމަކީ ފުޅިއަޅައިގެން އަޑިއަށް ފީނުމުގެ ތެރޭގައި ދިމާވާ ހާދިސާތަކުގައި ފުރާނަ ސަލާމަތް ކުރުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ތަމްރީން ދެނީ ރާއްޖޭގައި ޑައިވް އިސްޓްރަކްޓަރ ކޯސް ހަދާފައި ތިބި ފަންނީ ފަރާތްތަކެވެ.
މަސްވެރިންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ރާއްޖޭގައި މަސްވެރިކަންކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށްޓަކައި ދަފްތަރުގެ އެޕްލިކޭޝަން ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު، 'ރެސްކިއު ޑައިވަރ' ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި، ޚާއްސަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހަފްތާ 14 މަގު ޗާޓުގައިވެސް ހިމަނާފައިވާ ކަމަށެވެ.
ގުޅުންހުރި
ދެއްވަދޫ ކައުންސިލަށްވެސް ރައީސް ދެއްވީ ތަރައްޤީގެ ޔަގީންކަން!

ދެއްވަދޫގައި ކުރިޔަށް ގެންދިޔަ ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ކޯސް 7 މީހަކު ފުރިހަމަކޮށްފި

މަޑަވެލީގައި ބޭއްވި ރެސްކިއު ޑައިވަރ ކޯސް 8 ފަޅުވެރިއަކު ފުރިހަމަކޮށްފި
