logoEN
cocacola
މޭމަހުގެ ކުރިން 76 ރަށެއްގައި ލެބޯރެޓަރީގެ ޚިދުމަތް ފެށިގެންދާނެ - ނައިބު ރައީސް

މޭމަހުގެ ކުރިން 76 ރަށެއްގައި ލެބޯރެޓަރީގެ ޚިދުމަތް ފެށިގެންދާނެ - ނައިބު ރައީސް

އަލްފާ އަލީ

logo

2/22/2024, 2:31:44 PM

# ހުސެއިން މުހައްމަދު ލަތީފު# ސިއްޙީ ދާއިރާ

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ---

މިއަހަރުގެ މެއި މަހުގެ ކުރިން ލެބޯރެޓަރީގެ ޚިދުމަތް ޤާއިމުވެފައި ނެތް ރާއްޖޭގެ 70 އެއްހާ ރަށުގައި އެޚިދުމަތް ޤާއިމުވެގެންދާނެކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ލެބޯޓްރީގެ ޚިދުމަތް ލިބެންނެތް 76 ރަށުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމުގެ މަޝްރޫޢު އިފްތިތާހުކޮށްދެއްވުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވީ ސިއްޙީ ޚިދުމަތް ފުޅާކުރުމުގައި ލެބޯރެޓަރީގެ ޚިދުމަތަކީ ކޮންމެހެން ލިބެންޖެހޭ އަސާސީ ޚިދުމަތެއްކަމަށެވެ. އެހެންނަމަވެސް ޤުދުރަރީގޮތުން ރާއްޖެ އުފެދިފައިވާގޮތުން ކޮންމެ ރަށެއްގައި މިޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނައިބުރައީސް ވިދާޅުވީ, ، އާންމު ޞިއްޙީ ޚިދުމަތްތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވައިގެން ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގައި މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި، ޞިއްޙީ ފަރުވާއަށް ބޭނުންވާ ލެބޯޓްރީގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ހަފުތާ 14 އެޖެންޑާގައި ހިމެނޭ މުހިންމު ވަޢުދެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ލެބޯޓްރީގެ ޚިދުމަތް ދިވެހިރާއްޖޭގައި ފުޅާކުރުމުގެ ގޮތުން މިހާތަނަށް ލެބޯޓްރީއެއްނެތް 4 ރަށެއްގައި މިއަދު މި ޚިދުމަތް ދޭން ފަށާނެކަމަށެވެ. އަދި މި އަހަރުގެ މޭ މަހުގެ ކުރިން، ލެބޯޓްރީ ނެތް ބާކީ 72 ރަށުގައިވެސް މި ޚިދުމަތް ދޭން ފަށާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމަކީ ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭ، ފެންވަރު ރަނގަޅު، އިތުބާރުކުރެވޭ ނިޒާމަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި ޞިއްޙީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ޚިދުމަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ ޚިދުމަތްތައް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް އިސްކަންދޭންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ