logoEN
Sto top
އޭޑީކޭ ހޮސްޕިޓަލުން ކުރިއަށްގެންދިޔަ ފުރަތަމަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

އޭޑީކޭ ހޮސްޕިޓަލުން ކުރިއަށްގެންދިޔަ ފުރަތަމަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

އަހުމަދު ޝުރާއު

logo

1/20/2026, 4:13:26 PM

# ސިއްހީ ދާއިރާ

-

އޭޑީކޭ ހޮސްޕިޓަލުގެ ޝަފީޢާ އިންސްޓިޓިއުޓް އޮފް ހެލްތް (އެސް.އައި.އެޗް) އިން ކުރިއަށްގެންދިޔަ ފުރަތަމަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

Wamco

18 ޖެނުއަރީ 2025 އިން 16 ޖެނުއަރީ 2026 އަށް، 52 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކީ، ބޭސްފަރުވާގެ މައިގަނޑު ދާއިރާތަކުންނާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުން ފުރިހަމަ ޢަމަލީ ތަޖުރިބާ ލިބޭނޭހެން ބައްޓަންކުރެވިފައިވާ ޕްރޮގްރާމެކެވެ.

މީގެ މަޤްޞަދަކީ އަމިއްލައަށް ޞިއްޙީ ޚިދުމަތް ދިނުމުގެ ފެންވަރު އިންޓާނުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރުމެވެ.

މި އިންޓާންޝިޕް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓް ޖުމްލަ 18 މެޑިކަލް އިންޓާނުންނަށް ވަނީ ހަވާލުކުރެވިފައެވެ. މީގެ ތެރޭގައި 7 ތަފާތު ޤައުމަކުން ކިޔަވައިގެން އައި ދަރިވަރުން ހިމެނެއެވެ. އެއީ މެލޭޝިއާ، ޗައިނާ، ބެލަރޫސް، ފިލިޕީންސް، ޖޯޖިއާ، ޔޫކްރެއިން އަދި ރަޝިއާ އެވެ.

މި އިންޓާންޝިޕް ޕްރޮގްރާމުގައި ހޮސްޕިޓަލުގެ މައިގަނޑު ކްލިނިކަލް ދާއިރާތަކުގެ ތަމްރީނުތަކުގެ އިތުރުން، ނަފްސާނީ ބަލިތަކާ ބެހޭ ޚާއްޞަ ތަމްރީނެއް (Psychiatry posting) ވެސް ިމެނުނެވެ. މި ބައި ނިންމާލުމުގެ ގޮތުން ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އިންޓާނުން ޒިޔާރަތެއް ކުރިއެވެ. މީގެ އިތުރުން، ބ. އަތޮޅާއި ރ. އަތޮޅަށް އަމާޒުކޮށްގެން ދެ ބަޔަކަށް ބަހާލައިގެން 2 ހަފުތާގެ މުއްދަތަށް އިޖުތިމާއީ ޞިއްޙީ ޚިދުމަތުގެ ޕްރޮގްރާމެއް (Community Outreach Program) ކުރިއަށް ގެންދެވުނެވެ. މީގެ ސަބަބުން އިންޓާނުންނަށް އަސާސީ ޞިއްޙީ ޚިދުމަތްތަކުގެ ތަޖުރިބާ ލިބި، އާންމު ޞިއްޙަތާ ގުޅުންހުރި ކަންކަމުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC