logoEN
cocacola
ކުރީގެ ނައިބު ރައީސް ފައިސަލް އެމްޑީޕީއަށް!

ކުރީގެ ނައިބު ރައީސް ފައިސަލް އެމްޑީޕީއަށް!

އަހުމަދު ޝުރާއު

logo

2/22/2024, 7:59:15 AM

# ފައިސަލް ނަސީމް# އެމްޑީޕީ

ފައިސަލް ނަސީމް އެމްޑީޕީއާއި ގުޅިވަޑައިގަތުން

ރާއްޖޭގެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މޯލްޑިވްސް ޑޮމޮކްރެޓިކް ޕާޓީ, އެމްޑީޕީއާއި ގުޅިވަޑައިގެންފި އެވެ.

ގޮސިޔާ

ފައިސަލް އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ އެމްޑީޕީ އޮފީހުގައި އޮތް ރަސްމިއްާޔާތެއްގައި އެވެ. އެގޮތުން ފައިސަލްގެ މެމްބަރޝިޕް ފޯމާއި ހަވާލުވެވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެރަސްމިއްޔާތުގައި އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު އާއި ޗެެއާޕަސަން ފައްޔާޒްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ ސިޔާސަތުތަކާއި ފިިކުރު ދަސްކޮށްދީ، ރައްޔިތުންގެ ގާތުން މަސައްކަތްކުރަން ދަސްކޮށްދިން ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އަދި އެންމެން އެކުގައި މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށާއި އެ ޕާޓީއަކީ ރައްޔިތުންނާއި ގާތުން ރައްޔިތުން ބޭނުންވާ ގޮތަށް އެންމެ ރަނގަޅަށް މަސައްކަތްކުރާ ޕާޓީ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ހޯދަން ގައުމުގެ ހައްގުގައި މަސައްކަތްކުރަން ޖެހިފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ސިޔާސީ ހަޔާތް ފެއްޓެވީ އެމްޑީޕީއިންނެވެ. އޭނާ ވަނީ އެމްޑީޕީން ފުރަތަމަ އެކުލަވައިލި ގައުމީ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އެމްޑީޕީ ދޫކުރައްވައި ޖުމްހޫރީ ޕާޓީއާއި ފައިސަލް ގުޅިވަޑައިގެންނެވީ ގާސިމް އިބްރާހިމް ޖުމްހޫރީ ޕާޓީ އުފެއްދެވުމާއި އެކުގައި އެވެ. ދާދި ފަހަކާއި ޖެހެންދެންވެސް ފައިސަލް ހުންނެވީ ޖުމްހޫރީ ޕާޓީގައި އެވެ.

2018 ވަނަ އަހަރު ކޯލިޝަން ސަރުކާރެއްގެ ތެރެއިން ފައިސަލްއަށް ނައިބު ރައީސްކަން ލިބިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެވެ. ނަމަވެސް ކޯލިޝަންގެ ތެރެއިން ޖޭޕީ ފެޔަށް ޖެހުމުންވެސް ފައިސަލް ހުންނެވީ ރައީސް ސޯލިހާއި އެކު ސަރުކާރުގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ