logoEN
cocacola
މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފި, މިއަދާއި މާދަމާ 70 މިލިއަން ދޫކުރާނެ!

މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފި, މިއަދާއި މާދަމާ 70 މިލިއަން ދޫކުރާނެ!

އަހުމަދު ޝުރާއު

logo

2/21/2024, 3:06:33 PM

# މަސްވެރިން

މަސްވެރިން ކޫއްޑޫގައި ކުރި އިހުތިޖާޖުގެ ތެރެއިން ފިޝަރީޒް މިނިސްޓަރ މަސްވެރިންނާއި ބައްދަލުކުރެއްވުން

މިފްކޯއަށް މަސްކިރުވުމަށްފަހު މަސްވެރިންނަށް ފައިސާ ނުދީ އޮތް މައްސަލަ ހޫނު ވެފައިވާ ދަނޑިވަޅެއްގައި މަސްވެރީންނަށް ދޫކުރަން ޖެހޭ ފައިސާ ދޫކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިފްކޯ އިން މިރޭ ބުނެފި އެވެ.

ގޮސިޔާ

މިފްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގއ. ކޫއްޑޫގައި މަސްވެރިންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ހިއްސާކޮށްފައިވާ ގޮތަށް، ފައިސާ ދޫކުރާނެ ގޮތުގެ ތާވަލާއި އޭގެ ތަފުސީލުގައިވާ ގޮތުގެ މަތިން މިއަދުން ފެށިގެން ފައިސާ ދޫކުރަމުންދާނެ ކަމަށެވެ.

އަދި މިފްކޯ އިން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަވަސް ހިދުމަތެއް ފޯރުކޮށްދީ، މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ މަސްވެރިންނަށް ދެވޭ ހިދުމަތަކީ ފަސޭހަ ހިދުމަތަކަށް ހެދުމަށް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

View post on Twitter

ސަރުކާރުގެ އިސް އޮފިޝަލަކު މައުލޫމާތު ދޭގޮތުގައި އަންނަ ހޯމް ހަފްތާގައި މަސްވެރިންނަށް ދޫކުރަން ސަރުކާރުން ނިންމި 100 މިލިއަން ރުފިޔާގެ ތެރެއިން 70 މިލިއަން ދޫކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި އެވެ. އަދި ބަކީ ހުރި 30 މިލިއަން އަންނަ ހޯމަ ދުވަހު ޖަމާކުރާނެ ކަމަށް އޮފިޝަލް ވަނީ ބުނެފައި އެވެ.

މީގެ އިތުރުން ބާކީ ހުރި ހުރިހާ ފައިސާއެއް އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޖަމާކުރުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައްވެސް ފަށާފައިވާކަން އޮފިޝަލް ހާމަކުރެއްވި އެވެ. އަންނަ މަހު 5 ގެ ކުރިން މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ހަލާސް ކުރާނެ ކަން ފިޝަރީޒް މިނިސްޓަރ ވަނީ މީގެ ކުރިން ބުނެފައި އެވެ.

މަސްވެރިން ވަނީ ކޫއްޑު ފިޝަރީޒް ކޮމްޕްލެކްސް އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ޖަމާވެ މުޒާހަރާކުރަން ފަށާފައި އެވެ. އަދި އެ ދެ ތަނުގެ އޮޕަރޭޝަންވެސް ވަނީ މުޒާހަރާގެ ސަބަބުން މެދުކަނޑާލާފައި އެވެ.

ފައިސާ ނުލިބި ލަސްވަމުންދާތީ މަސްވެރިންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވާއިރު މިކަން ހައްލުކުރަން މިފްކޯއިން ލޯނެއް ނަގައިގެން ވެސް މަސްވެރިނަށް ފައިސާ ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ