
ރީނދޫ ސަމާލު
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިވަގުތު ރީނދޫ ސަމާލު ނެރެފައިވަނީ މީމު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
އެގޮތުން މިއަދު އިރުއޮއްސި 6:55 އިން ފެށިގެން ރޭގަނޑު 10:15 އާ ހަމައަށް އެސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ، ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި އަދި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދުއްވުން ވެސް މަނާ ވާނެއެވެ.
ރާއްޖެއަށް މޫސުން ގޯސް މި ދުވަސްވަރުގައި ހުރިހާ ފަރާތްތަކުންވެސް ހާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.