
އަބްދުالله ޝާހިދު
ދިވެހި ރައްޔިތުންގެ އުންމީދުތަކަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ކާމިޔާބު ހޯދާނެ ކަމަށް އެޕާޓީގެ ރައީސްކަމަށް ހޮވިވަޑައިގެންނެވި އަބްދުالله ޝާހިދު ވިދާޅުވެއްޖެއެެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ, އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެމަނިކުފާނު އެކަނި ކުރިމަތިލައްވާފައިވާތީ އިންތިޚާބަކާ ނުލާ އެ ޕާޓީގެ ރައީސަކަށް ހޮވިވަޑައިގެންނެވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެޕޯސްޓުގައި ޝާހިދު ވިދާޅުވީ, އެމްޑީޕީގެ ރައީސްކަމުގެ ޒިންމާއާއި އެމަނިކުފާނު ހަވާލު ވަނީ އެޕާޓީގެ މެންބަރުންގެ ފުރިހަމަ އިތުބާރާއެކު އެޕާޓީ ކުރިއަށް ގެންދަން ކަމަށެވެ.
الله ސުބްޙާނަހޫ ވަތަޢާލާގެ މަތިވެރި ޙަޟްރަތުން ވާގި އެދިހުރެ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސްކަމުގެ ޒިންމާއާއި އަޅުގަނޑު ހަވާލު މިވަނީ ޕާޓީގެ މެމްބަރުންގެ ފުރިހަމަ އިތުބާރާ އެކު އާބާރެއްގައި އަޅުގަނޑުމެންގެ ޕާޓީ ކުރިއަށް ގެންދަން. އިރާދަ ކުރެއްވިއްޔާ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އުންމީދުތަކަށް އެމް.ޑީ.ޕީ ކާމިޔާބު ހޯދާނެ - ޝާހިދު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެޕާޓީން ހުޅުވާލާފައިވަނީ 13 ފެބްރުއަރީ 2024 ގައެވެ. ނަމަވެސް މިއަދު 14:00 އާ ހަމައަށް ކުރިމަތިލައްވާފައިވަނީ ޝާހިދު އެކަނި ކަމަށް ވުމުން އިންތިޚާބަކާ ނުލާ އެމަނިކުފާނު އެޕާޓީގެ ރައީސަކަށް ހޮވިވަޑައިގެންފައިވާކަން އެޕާޓީން ވަނީ އިއުލާނުކޮށްފައެވެ.
ގުޅުންހުރި

ރީކޯ މޫސަ އެމްޑީޕީގެ ޗެއާޕަސަން ކަމުގެ މަގާމަށް ކުރިމަތިލައްވަނީ

އެމްޑީޕީގެ ޕީޖީ މެމްބަރުން ގަވަރުނަރު ހޯދަން މަރުކަޒީ ބޭންކުގައި!

ކުޅުދުއްފުށީގައި އޮންނަ އެމްޑީޕީ ބޮޑު ޖަލްސާގައި ރައީސް ސޯލިހް ބައިވެރިވާނެ!
