logoEN
Sto top
ހަނިމާދޫ އެއާޕޯޓްގެ އާ އޭޕްރަން ބޭނުން ކުރަން ފަށައިފި

ހަނިމާދޫ އެއާޕޯޓްގެ އާ އޭޕްރަން ބޭނުން ކުރަން ފަށައިފި

އަލްފާ އަލީ

logo

2/20/2024, 9:57:38 AM

# ހަނިމާދޫ އެއާޕޯޓް# އާރުއޭސީއެލް

ހަނިމާދޫ އެއާޕޯޓުގެ އައު އޭޕްރަން ބޭނުންކުރަން ފެށުން ---

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު އޭޕްރަން ބޭނުންކުރަން ފަށައިފި އެވެ.

Wamco

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)އިން ބުނެފައިވަނީ ހަނިމާދޫ އެއާޕޯޓުގެ އައު އޭޕްރަން ގެ މަސައްކަތް ނިންމައި އާދީއްތަ ދުވަހު ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާކަމަށެވެ.

މި އޭޕްރަންއަކީ 38،000 އަކަމީޓަރުގެ ޖާގައިގެ އޭޕްރަންއެކެވެ. މިއީ އެއްފަހަރާ 6 ޖެޓް ޕާކުކުރެވޭ ގޮތަށް އޮތް އޭޕްރަންއެކެވެ.

އޭޕްރަން އާކޮށް، ޖާގަ ބޮޑުކޮށް ބޭނުން ކުރަން މި ފެށީ ހަނިމާދޫ ތަރައްގީ ކުރުމަށް ހިންގަމުން އަންނަ މަޝްރޫއުގެ ތެރެއިންނެވެ. އެގޮތުން އެ އެއާޕޯޓުގެ އައު ރަންވޭގެ 1200 މީޓަރު ނިންމައި، އެ ބައި ވެސް ވަނީ ބޭނުންކުރަން ފަށައިފަ އެވެ. އާރްއޭސީއެލުން ބުނީ އަންނަ މަސް ނިމޭ ހިސާބުގައި މުޅި ޖުމްލަ 2.4 ކިލޯމީޓަރު ނުވަތަ 2،460 މީޓަރުގެ ބޮޑު ރަންވޭ، އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢަކީ ރާއްޖޭގައި އަތޮޅުތަކުގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ އަގު ބޮޑު މަޝްރޫޢެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކުރީ 136.6 މިލިއަން އެމެރިކާ ޑޮލަރަށް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside