
މިމަހުގެ 26 ގެ ކުރިން މަސްވެރިންނަށް 100 މިލިއަން ރުފިޔާ ދޫކުރާނެ - ޝިޔާމް
# މަސްވެރިކަން# އަހުމަދު ޝިޔާމްވަޒީރު ޝިޔާމް މަޖިލިސް މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ --- ފޮޓޯ| މަޖިލިސް
މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މިމަހުގެ 26ވަނަ ދުވަހުގެ ކުރިން ދޫކުރާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.ވަޒީރު ޝިޔާމު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ، ނޮވެމްބަރުމަހުގެ 17ވަނަ ދުވަހުން ފެށިގެން މިހާތަނަށް މިފްކޯއިން 18907 ޓަނުގެ މަސް ބޭރުކޮށްގެން 395 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި މަސްވެރިންނަށް މިހާތަނަށް 435 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
ސަރުކާރުން މަސައްކަތްކުރަމުންދަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަވަހަށް ދީ ނިންމުމަށްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން މިމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް 100 މިލިއަން ރުފިޔާ ދެއްކުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ. އަދި ހުރިހާ ފައިސާއެއް މާރޗު 5ވަނަ ދުވަހުގެ ކުރިން ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ޝިޔާމު ވިދާޅުވީ މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން މިފްކޯގެ ކާރުހާނާތައް ތަަރައްގީކުރަން ޖެހިފައިވާ ކަމަށާއި، އެކަން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ގުޅުންހުރި

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ މާހައުލަށް އަންނަ ބަދަލުތަކަށް ހޭނުމަކީ މުހިންމު ކަމެއް - ޝިޔާމް

މަސްވެރިންނަކީ މިހާރު ދައުލަތުގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ބައެއް: ޝިޔާމް

ޝިޔާމް ޖަމީލަށް: ފިއްތާލައްވާފަވިޔަސް ރައްޔިތުން އިންތިޚާބުކުރީ ރައީސް މުއިއްޒުކަން ހަނދުމަކޮށްލާ!
