logoEN
Sto top
ކަށިމިޔަރުގެ މަސްވެރިކަމަށް، މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް ކުޅުދުއްފުށީގައި ބައްދަލުވުމެއް ބާއްވައިފި

ކަށިމިޔަރުގެ މަސްވެރިކަމަށް، މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް ކުޅުދުއްފުށީގައި ބައްދަލުވުމެއް ބާއްވައިފި

އަހުމަދު ޝުރާއު

logo

10/5/2025, 3:49:20 PM

# މަސްވެރިކަން

-

ނޮވެމްބަރު 1 އިން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް މި ވުޒާރާއިން ކުޅުދުއްފުށި ސިޓީގައި ބައްދަލުވުމެއް ބާއްވައިފިއެވެ.

Wamco

ކަނޑައަޅާފައިވާ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ނޮވެމްބަރު މަހު، ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ އޮގަސްޓު މަހު ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަފުޅުގައެވެ.

ކަށި މިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލުމަށް އެކުލަވާލާ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމުގައި އެ ރަށުގެ މަސްވެރިންނާއި މީގެ ކުރިން ކަށިމިޔަރުގެ މަސްވެރިކަން ކުރި ބައެއް މީހުން ބައިވެރިވިއެވެ.

ރައީސް މުއިއްޒު ވަނީ ކަށި މިޔަރު މަސްވެރިކަން ކުރުމާގުޅޭ ގަވާއިދުތައް މަސްވެރިކަމާ ބެހޭ ވުޒާރާއާއި ތިމާވެއްޓާބެހޭ ވުޒާރާއިން ގަވާއިދުތައް އަލުން މުރާޖާކޮށް އެމަސައްކަތް މިހާރު ނިންމާފައިވާ ކަމަށް މީގެ ކުރީން ވިދާޅުވެފައި އެވެ. މެނޭޖްމަންޓް ޕްލޭންގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް އަލުން ހުޅުވާލަން ނިންމާފައިވާ ކަމަާއި އެގޮތުން އަންނަ ނޮވެމްބަރު މަހުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކަށިމިޔަރުގެ މަސްވެރިކަމަކީ އަހަރުތަކެއްކުރީން ރާއްޖޭގައި ކުރި އަދި އޭގެން ބޮޑު މަންފާއެއް މަސްވެރީން ހޯދި މަސްވެރިކަމުގެ ބާވަތެކެވެ. އެކަން ހުއްޓުނީ ރާއްޖޭގައި މިޔަރުގެ އަބާދީ މަދު ވަމުން ދިއުމާ ގުޅިގެންނެވެ. އެހެން ނަމަވެސް މިހާރު މިޔަރު އާބާދީ ރާއްޖޭގައި އިތުރުވެ ބައެއް ފަހަރު މަސްވެރިންނަށްވެސް މިޔަރުގެ އުދަގޫ ބޮޑުވާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.

ފަރު މިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަމަކީ މީގެ އަހަރުތަކެއް ކުރީން ރާއްޖޭގައި ކުރަމުންގެންދިޔަ މަސްވެރިކަމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC