logoEN
cocacola
މަސްވެރިންނާ ބައްދަލުކުރެއްވުމަށް ވަޒީރު ކޫއްޑޫއަށް

މަސްވެރިންނާ ބައްދަލުކުރެއްވުމަށް ވަޒީރު ކޫއްޑޫއަށް

އައިޝަތު އިފާޝާ

logo

2/18/2024, 1:42:14 PM

# އަހުމަދު ޝިޔާމް# މަސްވެރިން

މަސްވެރިކަމާ ބެހޭ ވަޒީރު ކޫއްޑޫގައި މަސްވެރިންނާ ބައްދަލުކުރައްވަނީ - ފޮޓޯ: މަސްވެރިކަމާ ބެހޭ ވުޒާރާ

މަސްވެރިންނަށް ފައިސާ ލިބުން ލަސްވަމުންދާތީ ކޫއްޑޫގައި މިވަގުތު ޝުއޫރު ފާޅުކުރަމުންދާ މަސްވެރިންނާ ބައްދަލުކުރުމަށް ވަޒީރު އަޙްމަދު ޝިޔާމު ކޫއްޑޫއަށް ވަޑައިގެންފިއެވެ.

ގޮސިޔާ

ކޫއްޑޫއަށް ވަޑައިގެން އެތަނުގައި މިވަގުތު ޝުއޫރު ފާޅުކުރަމުންދާ މަސްވެރިންނާ ބައްދަލުކުރައްވައި ވަޒީރު ވަނީ މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިއަން ރުފިޔާގެ ބެކްލޮގް އެއްކޮށް މާރިޗު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމުގެ ޔަގީންކަން ދީފައެވެ.

އަދި މި ސަރުކާރުން މަހުގެ އަގު މުރާޖާ ކުރި ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު މިފްކޯއަށް ކިރާ މަހަށް ހަފްތާއެއްތެރޭ ފައިސާ ދެވޭނެ އިންތިޒާމު މިފްކޯއިން ހަމަޖައްސާނެކަމުގައިވެސް ވަޒީރު ވަނީ މަސްވެރިންނާ ބައްދަލުކުރައްވައި ދަންނަވާފައެވެ.

މަސްވެރިންނަށް ނުދެވި ހުރި ފައިސާ ރޯދަ މަހުގެ ކުރިން ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުވެސް މިއަދު ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ