logoEN
cocacola
"އީކޯ-ޓޫރިޒަމް" ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް

"އީކޯ-ޓޫރިޒަމް" ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް

އައިޝަތު އިފާޝާ

logo

2/18/2024, 9:58:14 AM

# ފަތުރުވެރިކަން

.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތު ކުރުމގެ ސިޔާސަތުގެ ދަށުން އީކޯ-ޓޫރިޒަމްގެ މަޝްރޫޢުއެއް ފެށުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

ގޮސިޔާ

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ, ސަރުކާރުގެ ހަފްތަ 14 ގެ މަގުޗާޓުގެ ދަށުން, ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ތިމާވެއްޓާ ރައްޓެހި, ދެމެހެއްޓެނިވި ސިނާއަތަކަށް ހެދުމުގެ މަޤްސަދުގައި އަދި, ފަތުރުވެރިކަން ސިންދަފާތުކުރުމުގެ ސިޔާސަތުގެ ދަށުން, އީކޯ-ޓޫރިޒަމްގެ މަޝްރޫޢުއެއް ފެށުމަށް އެވުޒާރާއިން ނިންމާފައިވާ ކަމަށެވެ.

މި މަޝްރޫޢުއަކީ މޫސުމީ ބަދަލުތަކާއި, ތިމާވެއްޓާއި, ހަކަތައާ ބެހޭ ވުޒާރާގެ ފަންނީ އެހީތެރިކަމާއި, ޔޫއެސް އެއިޑްގެ އެހީތެރިކަން ލިބިގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢު އިފްތިތާޙް ކުރުން އޮންނާނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ބާއްވާ ޚާއްސަ ހަފްލާއެއްގެ ތެރެއިން ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން ރާއްޖޭގައި ހުރި ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތައް ލިބިފައިވާ ތަންތަން ލިސްޓުކޮށް އެތަންތަނަށް އަމާޒުކޮށް އިކޯ-ޓޫރިޒަމްގެ މަޝްރޫޢުއެއް ހިންގޭނެއވެ. އަދި ދެމެހެއްޓެނިވި ސިޔާސަތުތަކަށް ސަމާލުކަންދީ, ތިމާވެއްޓަށް އިސްކަންދޭ މިންގަނޑަކުން ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަން މިންކުރުމަކީވެސް މި މަޝްރޫޢުގެ ދަށުން ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތެވެ. މީގެ ތެރޭގައި, ނާޒުކު އިކޯލޮޖިކަލް ސަރަހައްދުތައް ހިމާޔަތްކުރުމާއި, ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ތިމާވެށި ހިމާޔްތަކުރުމަށް އިސްކަންދޭ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރުން ހިމެނެއެވެ.

މި މަޝްރޫޢުގެ ސަބަބުން އަދި ތިމާވެށްޓާ ރައްޓެހި އުސޫލުތަކުގެ ތެރެއިން, ކަނޑައެޅިފައިވާ ވަކި ސަރަހައްދުތަކަށް ފަތުރުވެރިން ޒިޔާރަތްކޮށް, ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަން ތަޖުރިބާކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

މި މަޝްރޫޢު މެދުވެރިކޮށް ބެލެހެއްޓޭ އަދި ހިމާޔަތްކުރެވޭ މިފަދަ ސަރަހައްދުތަަކަކީ އެތަންތަނުގެ މުހިންމުކަން ރައްޔިތުންނަށް ބަލައިގަނެވޭ, ރައްޔިތުންނަށް އިޤްތިސާދީ މަންފާ ލިބިދޭ ތަންތަންކަމުގައި ހެދިގެންދާނެއެވެ. އަދި އެސަރަހައްދުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަކޮށް ހިންގާ ހަރަކާތްތަކުގައްޔާއި, އެ ސަރަހައްދު ބެލެހެއްޓުމަށް އިސްކަންދޭންވީ ކަންކަމާއި, ނިންމާ ނިންމުންތަކުގައި ދެމެހެއްޓެނިވި, ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަމުގެ އުސޫލުތަކާއި މިންގަނޑުތައް އެކުލަވައިލައި ތަންފީޒުކުރެވިގެންދާނެއެވެ.

މި މަޝްރޫއުގެ ދަށުން, ދިވެހިރާއްޖޭގެ ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންގޮސް, އީކޯ-ޓޫރިޒަމް ކުރިއެރުވުމަށްޓަކައި މުޅި ރާއްޖޭގައި ޚާއްސަ ޒޯންތަކެއް މެޕްކޮށް, ވަކި ސިޔާސަތުތަކެއް އެކަށައެޅިގެން ދާނެއެވެ. އަދި ޤުދުރަތީ ރީތިކަމުގެ މައްޗަށް ބިނާވެފައިވާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އީކޯ-ޓޫރިޒަމް ހިމެނުމުން, ބައިނަލްއަޤުވާމީ ޓްރެންޑެއް ކަމަށްވާ "އިކޯ ކޮންޝަސް ޓްރެވަލް" ގެ ދާއިރާގައި ދިވެހިރާއްޖެއަކީ ލީޑިންގ ޑެސްޓިނޭޝަނަކަށް ވެގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ