logoEN
cocacola
މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ނިންމާނަން

މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ނިންމާނަން

# މަސްވެރިން# އަހުމަދު ޝިޔާމް

މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް

މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ނިންމާނެ ކަމުގައި މަސްވެރިކަމާއި ކަނޑުތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ޝިޔާމް މިހެން ވިދާޅުވީ, މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބޭ މައްސަލައިގައި މަސްވެރިން މިހާރު ކޫއްޑޫގައި މުޒާހަރާކުރަމުންދާތީއެވެ.

ޝޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ, ‏ކޫއްޑޫގައި މަސްވެރިން މިވަގުތު ކުރަމުންދާ އިހުތިޖާޖުގެ ބައިވެރިންގެ ނުތަނަވަސް ކަމަކީ މިވަގުތު ސަރުކާރަށް އެކަމެއްގެ ކަންބޮޑުވުން އެންމެބޮޑަށް އޮތް އަދި އެންމެބާރަށް ހައްލު ކުރަން މަސައްކަތް ކުރަމުން ގެންދާ ކަންބޮޑުވުން ކަމަށެވެ.

އަދި ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޙައްޤުހޯދަން ކުރާ ސުލްހަވެރި އިހުތިޖާޖުތަކަށް މިސަރުކާރުން މަރުޙަބާކިޔާނެ ކަމަށާއި, ކޫއްޑުގެ އޮޕަރޭޝަން ކުރިޔަށް ގެންދެވޭނެ މާހައުލެއް އޮތުމަކީ އިހުތިޖާޖުގައި ބައިވެރިނުވާ އެތައް ދޯންޏެއްގެ މަސްވެރިންގެ ވަރަށް ބޮޑު އެދުމެއްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އެ މާހައުލު ޤާއިމުކޮށްދެއްވުމަށް އަޅުގަނޑުވެސް މިވަގުތު އިހުތިޖާޖުގައި ތިއްބެވި މަސްވެރިންގެ އަރިހުން އެދެން. މިސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާ އާއެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމުގައި ދަންނަވަން. - ވަޒީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

އަދި މި ސަރުކާރުން މަހުގެ އަގު މުރާޖާ ކުރި ދުވަހުން ފެށިގެން ކިރުނު މަހަށްވާ 26 މިލިއަން ކޮންމެ ހަފްތާއަކު މިފްކޯއަށް ކިރާ މަހަށް ހަފްތާއެއް ތެރޭ ފައިސާ ދެވޭނެ އިންތިޒާމުގެ ތެރެއިން މި ހަފްތާގައި އެފައިސާ މިފްކޯއިން ހަމަޖައްސާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަދި މަސްވެރިންގެ ކަންކަން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ވަރަށްގާތުން ބައްލަވަމުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ކޫއްޑޫގައި ތިއްބެވި މަސްވެރިންނާ ބައްދަލުކޮށްލަން އެމަނިކުފާނު ކޫއްޑޫއަށް ދިއުމަށްޓަކައި މިހާރު ދަތުރުކުރަމުންދާ ކަމަށާއި, މަސްވެރިންގެ ހުރިކަންބޮޑުވުންތައް އަދި މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރާނީ މި ސަރުކާރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ