logoEN
Sto top
ތަމްރީނު ލިބިގަތުމަށް އިމާމުންނާއި ޚަތީބުންގެ ފުރަތަމަ ގްރޫޕް މިއަދު ފުރައިފި

ތަމްރީނު ލިބިގަތުމަށް އިމާމުންނާއި ޚަތީބުންގެ ފުރަތަމަ ގްރޫޕް މިއަދު ފުރައިފި

އަލްފާ އަލީ

logo

2/16/2024, 10:57:37 AM

# އިސްލާމިކް މިނިސްޓްރީ# އިމާމުން ތަމްރީންކުރުން

މިއަހަރުގެ ތެރޭ 700 އިމާމުން ތަމްރީންކޮށް ނިންމާލުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައި --- ފޮޓޯ| އިސްލާމިކް މިނިސްޓްރީ

ތަމްރީން ހޯދުމަށް އިމާމުންނާއި ޚަތީބުންގެ ފުރަތަމަ ގްރޫޕް މިއަދު ރާއްޖެއިން ބޭރަށް ފުރައިފި އެވެ.

Wamco

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން ފުރާ ފުރަތަމަ ބުރުގައި ހިމެނިވަޑައިގަންނަވާ ބައިވެރިން މިއަދު ފުރައިފިއެވެ. މިދަތުރުގައި މައްކާ އަދި މަދީނާގެ ޚާއްސަ ތަންތަނަށް އިމާމުން ޒިޔާރަތްކުރާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން ދެވަނަ ބުރުގައި ހިމެނިވަޑައިގަންނަވާ ބައިވެރިން ފުރުމަށް ހަމަޖެހިފައިވަނީ ޝައްވާލު މަހުގައި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.

މިއަހަރު އިމާމުންނާއި ޚަޠީބުން، ސައުދީގެ އިތުރުން މިޞްރު، މެލޭޝިޔާ، ބުރޫނާއި. އިންޑޮނޭޝިޔާއަށް ވެސް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުކުރުމަށް ވަނީ ނިންމައިފައެވެ.

އިމާމުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމަކީ އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީން ފޯރުކޮށްދީ މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ، މިސްކިތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިއީ ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ ކަންކަން އުނގަންނައިދީ، މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް އިމާމުންގެ ޝަޚްޞިއްޔަތު ބިނާކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭ 700 އިމާމުން ތަމްރީންކޮށް ނިންމާލުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC