
ރަޖިސްޓްރީ ނުކޮށް, ދޮގު ޚަބަރު ފަތުރާ ނޫސްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
# މޯލްޑިވްސް މީޑިއާ ކައުންސިލްމޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: އެމްއެމްސީ
ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ހިންގާ ބައެއް ނޫސްތަކުގެ މައްސަލަ ބަލަމުންދާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ހާމަކޮށްފިއެވެ.

އެގޮތުން މީޑިއާއެއްގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް ހިންގާ ތިން ވެބްސައިޓެއްގެ މައްސަލަ ބަލަމުންދާ ކަމަށް އެމްއެމްސީން ވަނީ ހާމަކޮށްފައެވެ. އެއީ dhiyavaru.com އާއި kurusee.com އަދި dhonamaa.com އެވެ.
އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ތިން ވެބްސައިޓުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ދޮގު މައުލޫމާތު ފަތުރަމުން އަންނަ ކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާ އެކައުންސިލަށް ދަނީ ލިބެމުންނެވެ.
ކަމުގެ ހަގީގަތް ނުބަލައި އަދި ކަމާ ގުޅޭ ފަރާތްތަކުން މައުލޫމާތު ސާފު ނުކޮށް ކަ ނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ މި ކައުންސިލުން ބަލައިގަންނަ ކަމެއް ނޫން. ވަކިން ހާއްސަކޮށް ރައްޔިތުންނާ ގުޅޭ ހައްސާސް މައްސަލަތަކުގައި ހަގީގަތް ނުބަލައި ހަބަރު ފެތުރުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު މުޖްތަމައަށް ކޮށް ބައެއް މުހިންމު މައްސަލަތަކުގެ ހަގީގީ މައުލޫމާތު މީހުންނަށް ހަގީގަތް ސާފު ނުވާ ކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައި. - މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީޑިއާ ކައުންސިލުން ބުނީ, އެ ވެބްސައިޓް ތަކާ ގުޅިގެން ލިބިފައިވާ ޝަކުވާތަކާ ގުޅިގެން އެމައްސަލަތައް ބަލަމުންދާ ކަމަށާއި, އަދި އެ މައްސަލަތައް ބަލަމުން އަންނަ ވަރަކަށް އެކައުންސިލުގެ ނިންމުންތައް އާންމުކުރަމުން ގެންދާނެ ކަމަށެވެ.
އަދި މީޑިއާގެ ނަމުގައި ހަގީގަތާ ހިލާފު މައުލޫމާތުތައް ފަތުރަމުން އަންނައިރު އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ ކަންބޮޑުވުމެއް ކަމަށް އެކައުންސިލުން ބުނެފައިވެއެވެ. އެހެން ކަމުން އެކައުންސިލުން ވަނީ ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަ ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށްޓަަކައި ކަމާ ގުޅޭ އުސޫލެއް ހަދަން ނިންމާފައވެ.
އަދި ކަމާ ގުޅޭ އިދާރާތަކާއި ޖަމިއްޔާތަކާއި އާންމުންގެ ހިޔާލާއެކު އެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމަށްވެސް އެކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެކައުންސިލުން ވަނީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ ހައްގު އެންމެ ފުރިހަމަ ގޮތެއްގައި ބޭނުން ހިފާއިރު އެހެން ފަރާތްތަކުގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް މުޖްތަމައު ތެރޭ ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ކަންކަން ތަކުރާރުކޮށް ކުރާ ފަރާތްތަކާ މެދު ގާނޫނާއި ގަވައިދުތަކާ އަދި ހެދިފައި ހުރި އުސޫލުތަކުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް އެކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ރައްޖޭގެ ހިޔާލީވާހަކަ ލިއާ ނޫސްވެރިން
އެފަދަ ނޫސްތައް ހިންގާ މީހުންނާ ދޮގު މައުލޫމާތު ލިްއެ ފަތުރާމީހުންނައް މުޖުތަމަުންވެސް އަދަބުދޭންވަނީ އޭރުން މައިތިރިވާނެ
މަންޖެ
ވަގުތު ނޫހެކޭ ކިޔާ ނޫހަކުން ރަޖިސްޓްރީކޮށްގެން ތިބެމެ ދިވެހިރާއްޖޭގެ އިޖުތިމާއީ ފޭރާން ވީދާ ކުދިކުދި ކުރި އިރު ތިޔަ ކައުންސިލެއް އޮތީ ނިދާށެވެ. ނިދިން ހޭލުވުނީ ދޯ