logoEN
cocacola
މުޅި ރާއްޖޭގައި ފައިލޭރިއާއަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް ހުކުރު ދުވަހު ފަށަނީ

މުޅި ރާއްޖޭގައި ފައިލޭރިއާއަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް ހުކުރު ދުވަހު ފަށަނީ

އައިޝަތު އިފާޝާ

logo

2/14/2024, 9:06:31 AM

# އެޗްޕީއޭ

ފައިލޭރިއާއަށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ މެދުގައި ފައިލޭރިއާ ބަލި ހުރި މިންވަރު ދެނެގަތުމަށްޓަކައި މުޅި ރާއްޖޭގައި ފަށައި ފައިލޭރިއާ ސްކްރީނިންގ ޕްރޮގްރާމް ހުކުރު ދުވަހު ފަށާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ފައިލޭރިއާ ސްކްރީނިންގ ޕްރޮގްރާމް ކުރިއަށްގެންދަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި މޯލްޑިވްސް ރެޑް ކްރެސެންޓް، ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރު އަދި ހުރިހާ ކައުންސިލްތަކުން ބައިވެރިވުމާއެކުއެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި ބައެއް ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި މި ސްކްރީނިންގ ކުރިއަށްދާނެއެވެ. ސްކްރީނިންގ ގައި ބައިވެރިކުރެވޭނީ ކޮންމެ ރަށަކުންވެސް ވަކި އަދަދަކަށް، ގުރުއަތުން ހޮވާލެވޭ 18 އަހަރުންމަތީގެ ދިވެހިންނާއި ބިދޭސީންނެވެ. ފައިލޭރިއާއަށް ޓެސްޓް ކުރެވޭނީ ލޭނަގައިގެން އެންޓިޖަން ޓެސްޓް ކިޓް ބޭނުންކޮށްގެންކަމަށާއި މި ޓެސްޓްގެ ނަތީޖާ 10-15 މިނެޓް ތެރޭގައި ލިބޭނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ޓެސްޓް ހެދުމަށްފަހު ޕޮސިޓިވްވާ ފަރާތްތަކަށް ފައިލޭރިއާގެ ފަރުވާގެ ގޮތުގައި ބޭނުންކުރާ ބޭސް ޞިއްޙީ ޚިދުމަތްތެރިއެއްގެ ބެލެމުގެ ދަށުން ދެވޭނެކަމަށެވެ. މި ބޭސް ކާންޖެހެނީ އެއްފަހަރުއެވެ. ޕޮސިޓިވްވާ މީހުން މި ބޭސް ކެއުމުން އެމީހުންގެ ބައްޔަށް ފަރުވާ ކުރެވުމާއެކު، އެމީހުންގެ ފަރާތުން އެހެންމީހުންނަށް ބަލި ފެތުރުންވެސް ހުއްޓުވޭނެއެވެ.

މި ސްކްރީނިންގައި ބައިވެރިވުމަށް ގުރުއަތުން ހޮވޭ ގޭގެއަށް ޓީމުތައް ފެބްރުއަރީ 16 ވަނަ ދުވަހުން ފެށިގެން ހަވީރު 4.00 އިން ރޭގަނޑު 9.00 އާ ދެމެދުގެ ވަގުތެއްގައި ޒިޔާރަތްކުރާނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި ބިދޭސީންގެ ތެރެއިންވެސް ހޮވާލެވޭ ފަރާތްތަކަށް ސްކްރީނިންގ ކުރިއަށް ގެންދިއުމަށްޓަކައި ވަޒީފާދޭ ފަރާތްތަކާ މުއާމަލާތުކުރާނެކަމަށްވެސް އެ އެޖެންސީއިން ވިދާޅުވެއެވެ.

މީގެ އިތުރުން ފެބްރުއަރީ 12 ވަނަ ދުވަހު ވަނީ މި ސްކްރީން ޕްރޮގްރާމް ޕްރީޓެސްޓު ކުރުމުގެ މަސައްކަތް ހުޅުމާލެއިން ބައެއް ސަރަހައްދުތަކުގައި ކުރިއަތް ގެންގޮސްފައެވެ.

ފައިލޭރިއާއަކީ މީގެ އަހަރުތަކެއް ކުރިން ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ. ނަމަވެސް މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ފައިލޭރިއާގެ ކޭސްތަކެއް އަލުން ވަނީ ފެނިފައެވެ. މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވެފައިވާ 32 މީހަކު ވަނީ ފާހަގަކުރެވިފައެވެ.

މީގެ ތެރޭގައި މުޅިންވެސް ހިމެނެނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އެޗް.ޕީ.އޭއިން ވިދާޅުވީ ރާއްޖެއިން ފެނުނު ފައިލޭރިއާ ޖެހިފައިވާ މީހުންނަކީ ރާއްޖެއިން ބޭރުން އެ ބައްޔާއެކު އެތެރެވެފައިވާ މީހުންކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ