logoEN
cocacola
ފައިނުން ތިން މީހަކު ފައިލޭރިޔާއަށް ޕޮޒިޓިވްވެއްޖެ

ފައިނުން ތިން މީހަކު ފައިލޭރިޔާއަށް ޕޮޒިޓިވްވެއްޖެ

އަލްފާ އަލީ

logo

2/19/2024, 10:13:00 AM

# ރ. ފައިނު# އެޗްޕީއޭ# ފައިލޭރިއާ

ފައިނު --

ރ. ފައިނުން ފައިލޭރިއާއަށް ތިން މީހަކު ފައްސިވެއްޖެއެވެ.

ގޮސިޔާ

ފައިނު ކައުންސިލުން މިއަދު ނެރުނު ނޯޓިސް އެއްގައި ބުނީ އެ ރަށުގައި އުޅޭ ބިދޭސީން ފައިލޭރިއާއަށް ސްކްރީން ކުރިއިރު، އެ ބައްޔަށް ފައްސިވެފައިވާ ތިން މީހަކު ފެނިފައިވާ ކަމަށެވެ. އަދި، މިކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެ ރަށު ކައުންސިލާއި ސިއްހީ މަރުކަޒު ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

އެނގިފައިވާގޮތުގައި އެރަށުން ފައިލޭރިއާއަށް ފައްސިވި 3 މީހުންނަކީވެސް ބިދޭސީންނެވެ. ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއް ކަމެއް އެނގިފައެއް ނުވެއެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިޔާގެ ކޭސްތަކެއް ޑިސެމްބަރު މަހު ހދ. ކުޅުދުއްފުށިން ފެނިފައިވާއިރު، އެރަށުން ޖުމްލަ 25 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެ ފަހުން ހުޅުމާލެއިންވެސް ފައިލޭރިއާގެ ކޭސް އެއް ވަނީ ފެނިފައެވެ. މި ހުރިހާ އެންމެންނަކީވެސް ބިދޭސީން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭ އިން ދަނީ ފައިލޭރިޔާ ސްްކްރީން ޕްރޮގްރާމްތައް މުޅި ރާއްޖޭގައި ހިންގަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ