(1).jpg&w=3840&q=75)
އެމްއައިބީގެ ރުފިޔާ ކާޑުތަކުން ޑޮލަރު ގެ މުއާމަލާތްކުރެވޭ ލިމިޓު ބޮޑުކޮށްފި
# މޯލްޑިވްސް އިސްލާމިކް ބޭންކް.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ރުފިޔާ ކާޑުތަކުގެ ތެރެއިން އެބޭންކުގެ އެކައުންޓަށް މުސާރަ މަޖާކުރާ ކަސްޓަމަރުންނަށް ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރުމަށް ކަނޑައަޅާފައިވާ ލިމިޓު އިތުރުކޮށްފިއެވެ.

މީގެ ކުރިން އެބެންކުން ބޭރުގެ މުއާމަލާތްތައް ކުރުމަށް ކަނޑައަޅާފައިވަނީ ކޮންމެ މަހަކަށް 100 ޑޮލަރެވެ. ނަމަވެސް މިހާރު ގެނެވުނު ބަދަލާއެކު 250 ޑޮލަރު ބޭނުން ކުރެވޭނެއެވެ.
އެމްއައިބީއިން ބުނި ގޮތުގައި އެ ބެންކުގެ އެކައުންޓުތަކަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް، ބެންކަށް މުސާރަ ޖަމާކުރަން ފަށާ ފުރަތަމަ މަހުން ފެށިގެން އެ ބެންކުގެ "މިބްނައިން" ކްލަބުގެ މެމްބާޝިޕުގެ ދަށުން މި ފަދަ އެކި ލުއިފަސޭހަތަކާއި ފައިދާތައް ލިބޭނެ އެވެ.
އޭގެ ތެރޭގައި އެމްއައިބީގެ ފައިނޭންސިން ފެސިލިޓީ، "އުޖާލާ ދިރިއުޅުމު"ގެ ޕްރޮފިޓް ރޭޓަށް ނަގާ 15 ޕަސެންޓު 13 ޕަސެންޓަށް ކުޑަވުމާއި، ފައިނޭންސިން ފީއަށް ނަގާ އެއް ޕަސެންޓު 0.5 ޕަސެންޓަށް ކުޑަވުން ހިމެނެ އެވެ. އަދި ވިސާ އެވްރީޑޭ ކާޑުގެ ރެޖިސްޓްރޭޝަން ފީ ދައްކަން ނުޖެހުން ފަދަ ފައިދާތައް ހިމެނެ އެވެ.
"މިބްނައިން" މެމްބަޝިޕް ކްލަބުގެ މެމްބަރުންނަށް ކަނޑައަޅާފައިވާ ޑޮލަރު ލިމިޓު ބޮޑުކުރުމާ ގުޅިގެން އެ ބެންކުގެ އެކައުންޓުތަކަށް މުސާރަ ޖަމާކުރަމުންދާ އެކި އޮފީސްތަކަށް ޒިޔާރަތްކޮށް، ކަސްޓަމަރުންނަށް "މިބްނައިން" މެމްބާޝިޕް ކްލަބުގެ މައުލޫމާތުތައް ވަނީ ހިއްސާކޮށްފަ އެވެ.
އެމްއައިބީގެ ބްރާންޗްތަކާއި ސޭލްސެންޓަރުތަކުގެ ހިމެނޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔަ މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނުކަން އެ ބެންކުން ފާހަގަކުރެ އެވެ.