
285816397_340213998237069_2999732773706002794_n (1)
މޯލްޑިވްސް އިސްލާމިކް ބޭންކުން ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ގދ. މަޑަވެލީގައި ގާއިމްކުރުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ގދ. މަޑަވެލި ކައުންސިލާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެބޭންކުގެ ސެލްފްސާވިސް އޭޓީއެމް އެއް އެރަށުގައި ގާއިމްކުރެވިގެންދާނެ އެވެ.
މަޑަވެލީގައި ސެލްފްސާވިސް އޭޓީއެމް އެއް ގާއިމްކުރުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކުރެވުނު އިރު، އެބޭންކުން ވަނީ ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ގދ. ތިނަދޫގައިވެސް މިއަދު ރަސްމީކޮށް ފަށާފައި އެވެ.
މަޑަވެލީގައި އެމްއައިބީއިން ގާއިމްކުރާ ސެލްފް ސާވިސް ހިދުމަތާ އެކު ރަށުގައި ތިބެ ފައިސާ ޖަމާކޮށް ނެގުމުގެ ލުއިފަސޭހަކަން ރައްޔިތުންނަށް ލިބޭނެ އެވެ. މި ހިދުމަތަކީ އެރަށު ރައްޔިތުން އެތައް ދުވަހަކަށް އިންތިޒާރުކުރަމުން އައި ހިދުމަތެކެވެ.
ގުޅުންހުރި

ގެސްޓްހައުސް އެވޯޑަށް ޖުލައި 15 ގައި ހުޅުވާލަނީ

މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ގެ ފޭސް 2ގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މަޑަވެލި މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް މަޝްވަރާކޮށްފި




