logoEN
cocacola
އެމްޑީޕީ ކެންޑިޑޭޓުން ފޯމް ހުށަހަޅައިފި

އެމްޑީޕީ ކެންޑިޑޭޓުން ފޯމް ހުށަހަޅައިފި

އަލްފާ އަލީ

logo

2/12/2024, 9:16:58 AM

# މަޖިލިސް 24

އެމްޑީޕީ ކެންޑިޑޭޓުން ވަނީ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އީސީއަށް ފޯމް ހުށަހަޅާފައި ---

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރަން ފޯމް ހުށަހަޅައިފި އެވެ.

ގޮސިޔާ

އެމްޑީޕީގެ ކެންޑިޑޭޓުން ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމައިލް ވިދާޅުވީ، 20ވަނަ ރައްޔިތުންގެ މަޖިލީހަށް އެޕާޓީން ޖުމްލަ 89 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގެ ރަނގަޅު މެޖޯރިޓީއެއް ލިބިލައްވާނެ ކަމަށް އުއްމީދުކުރައްވާ ކަަމަށްވެސް އޭނާ ވިދާޅުވި އެވެ.

20ވަނަ ރައްޔިތުންގެ މަޖިލީހަށް ޖުމްލަ 93 މެމްބަރުން އިންތިހާބުކުރާއިރު، ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީން މަޖިލީހުގެ 90 ދާއިރާއަކަށް ވާދަކުރެއެވެ.

މަޖިލިސް އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އިންތިހާބު ފަސް ކުރުމަށް ޤާނޫނަށް ގެނައި އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެގޮތުން މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައިވަނީ، އިންތިހާބު ބާއްވާ ތާރީހް ރަމަޟާން މަހާ ދިމާވާނަމަ އެ އިންތިހާބު ބޭއްވޭނީ ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވީ ނަމަވެސް މި ގާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ އެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރެއްވުމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ