logoEN
cocacola
ޕޯސްޓުގެ ޚިދުމަތް ފުޅާކުރުމަށް ކައުންސިލްތަކުން މުހިއްމު ދައުރެއް އަދާކުރެވޭނެ: އާދަމް ޝަރީފް

ޕޯސްޓުގެ ޚިދުމަތް ފުޅާކުރުމަށް ކައުންސިލްތަކުން މުހިއްމު ދައުރެއް އަދާކުރެވޭނެ: އާދަމް ޝަރީފް

އައިޝަތު އިފާޝާ

logo

2/12/2024, 1:00:33 AM

# އާދަމް ޝަރީފް

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް

ޕޯސްޓުގެ ޚިދުމަތަކީ ކޮންމެ ރަށަކުންވެސް ފަސޭހައިން ލިބޭ ޚިދުމަތަކަށް ހަދަންޖެހޭކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް މިހެން ވިދާޅުވީ "ޕޯސްޓަލް ފޯރަމް" ފެށުމަށް މީރުމާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ގޮސިޔާ

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ 3 މަސްވެސް ނުވަނީސް ޕޯސްޓަލް ފޯރަމް ފެށިގެން ދިއުމަކީ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި ކަމާއިބެހޭ ފަރާތްތަކާއި އެކި މުއައްސަސާތަކާއި ގުޅިގެން މޯލްޑިވްސް ޕޯސްޓުގެ ފަރާތުން މި ފޯރަމް އިންތިޒާމްކުރައްވާކަމަށްޓަކައި ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި ޕޯސްޓްގެ ހިދުމަތް ފޯރުކޮށްދޭ މޯލްޑިވްސް ޕޯސްޓު ލިމިޓެޑްގައި ބައިނަލްއަޤްވާމީ ގޮތުން ބެލިކަމުގައިވިޔަސް ތަޖުރިބާކާރު، އިލްމީ ބޭފުޅުން އެބަތިއްބެވިކަމަށާއި، އެ ބޭފުޅުންގެ ޙިދުމަތުގެ އަގު ސަރުކާރުން ވަޒަންކުރާކަމަށެވެ.

ވަޒީރު ވިދާޅުވީ ޓެކްނޮލޮޖީއާއެކު ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށްވެސް މުއާމަލާތްކުރުމަކީ މިއަދު ވަރަށް ފަސޭހަކަމެއްކަމަށާއި، ނަމަވެސް ދުރު ތަނަކަށް އެއްޗެއް ފޮނުވަން ބޭނުންވާކަމަށްވާނަމަ އެކަމަށް އެންމެ ފަސޭހަ ގޮތަކީ އަދިވެސް ޕޯސްޓުގެ ޚިދުމަތްކަމަށެވެ. އަދި އީކޮމާސްގެ ތެރެއިން ޕޯސްޓުގެ ހިދުމަތްވެސް ކުރިއަރަމުންދާއިރު، އީ-ޓުކުރިއާއި ޕިކްޕޯސްޓުގެ ހިދުމަތަކީވެސް ދިވެހިންނަށް އެތައް ފަސޭހަތަކެއް ލިބިގެންދިޔަ ހިދުމަތެއްކަން ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގައި ކުރިއަށްއޮތްތަނުގައި މިހާރަށްވުރެ ދަތުރުފަތުރުގެ ޚިދުމަތް ރަނގަޅުވަމުން ދިޔަވަރަކަށް، ޕޯސްޓުގެ ޚިދުމަތްވެސް މުޅި ރާއްޖެއަށް، މިހާރަށްވުރެ ބޮޑަށް ފުޅާކުރެވި، ކުރިއަރައިގެންދާނެކަމަށެވެ. އަދި ސަރުކާރުގެ މުވައްސަސާތަކުންވެސް މިހާރަށްވުރެ ބޮޑަށް، ޕޯސްޓުގެ ޚިދުމަތް ބޭނުންކުރާނަމަ ސަރުކާރުގެ ޚަރަދުވެސް ކުޑަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޕޯސްޓުގެ ހިދުމަތް ފުޅާކުރުމަށް ލޯކަލް ކައުންސިލްތަކުންވެސް މުހިއްމު ދައުރެއް އަދާކުރެވޭނެކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު އުންމީދުކުރަނީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ތަރައްގީވެގެން ދާއިރު، ޚިދުމަތްތައް ފޯރުކޮށްދިނުމުގައިވެސް، މިހާރަށްވުރެ ބޮޑަށް ޕޯސްޓުގެ ޚިދުމަތްފަދަ ޚިދުމަތްތައް މުޅި ރާއްޖެއަށް ފެތުރިގެންދާއިރު، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ޕޯސްޓުގެ ޚިދުމަތަކީވެސް ކޮންމެ ރަށަކުން ފަސޭހައިން ލިބެން ހުންނަ، ކޮންމެ ރަށަކުން މި އިންތިޒާމު ރަނގަޅަށް ހަމަޖެހިގެންދާނެ ހިދުމަތެއްގައި ގޮތުގައި ހެދުމަށް ހުރިހާ ބޭފުޅުންވެސް މަސައްކަތްކޮށްދެއްވާނެކަމަށް" ވަޒީރު ވިދާޅުވިއެވެ.

ޕޯސްޓަލް ފޯރަމްގެ ތެރެއިން މޯލްޑިވްސް ޕޯސްޓުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކޮށް ޚިޔާލު ބަދަލުކޮށް، ހިދުމަތް ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ