
ވިލިނގިލިން ފްލެޓް ލިބުނު ކަމަށް ބުނެ އެރަށު މީހެއްގެ އަތުން ދެލައްކަ ރުފިޔާ ނެގި މައްސަލައެއް ބަލަނީ
# ފުލުހުން# ގއ.ވިލިނގިލިގއ ވިލިނގިލި - ފޮޓޯ: މީސްމީޑިއާ
ގއ. ވިލިނގިލިން ފްލެޓް ލިބުނު ކަމަށް ބުނެ އެރަށު މީހެއްގެ އަތުން ދެލައްކަ ރުފިޔާ ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ, ގއ ވިލިނގިލީގައި އެޗްޑީސީ އިން ފްލެޓެއް ލިބިއްޖެ ކަމަށް ބުނެ އޮޅުވާލައިގެން އެރަށު މީހެއްގެ ބޭންކު އެކައުންޓުން ދެލައްކަ ރުފިފާ މަކަރާއި ހީލަތުން ނަގާފައިވާ މައްސަލައެއް އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ, މިމައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މަކަރާއި ހީލަތުން ފްލެޓާއި ގޯތި ލިބުނު ކަމަށްބުނެ މީހުންގެ އަތުން ފައިސާ ހޯދުމަކީ މި ފަހަކަށް އައިސް އާންމުވެފައިވާ ކަމެކެވެ. އަދި މިފަދަ ސްކޭމްތަކުން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.
ގުޅުންހުރި

ވިލިނގިލި ބަނދަރު ހެދުމުގެ ފޭސް 3ގެ ބޮޑު އިންސައްތައެއްގެ މަސައްކަތް ނިމިފައި!

ދެމައިން ނިޔާވި މައްސަލާގައި އިންސާފު ހޯދުމަށް ގޮވާލައި ގއ. ވިލިނގިލީގައި މިއަދު އިހްތިޖާޖުކޮށްފި

ވިލިނގިލީގައި ދެމައިން ނިޔާވި ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގަނީ
