
ރައީސް ވަކިކުރުމާއި ގުޅޭގޮތުން މަޖިލިސް ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން ސުޕްރީމްކޯޓުން ހުއްޓުވައިފި
# ރައްޔިތުންގެ މަޖިލިސް# ސުޕްރީމް ކޯޓުރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭގޮތަށް މަޖިލިޙިގެ ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން ފަސްކުރުމަށް ސުޕްރީމްކޯޓުން އަމުރުކޮށްފި އެވެ.

އިދިކޮޅު އެމްޑީޕީ މެންބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މަގާމުން ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސަރުކާރުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
ޖުމްލަ މެންބަރުން ގުނާ އަދަދަށް ބަދަލު ގެނެސްފައިވާ އިރު ރައީސާއި ނައިބު ރައީސް ވަކިކުރެވޭ މަރުހަލާތައް އަވަސް ކުރަން ވެސް މަޖިލީހުގެ ގަވައިދަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެ އިސްލާހުތައް ހުށަހެޅީ މިހާރު އެމްޑީޕީ އާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ޑިމޮކްރެޓްސް އިންނެވެ.
ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވައި މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނާ ގޮތުން ރައީސާއި ނައިބު ރައީސް ވަކިކުރުމަށް މަޖިލީހަށް ގަރާރެއް ލިބިއްޖެ ނަމަ ދެ ދުވަސް ތެރޭގައި ނޯޓިސް ފޮނުވައި، އެ ދުވަހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބާއްވަން ޖެހޭނެ އެވެ.
އިތުރު ތަފްސީލް އަންނަނީ....