
--
ސަސްޕެންޑުކޮށްފައިވާ ސުޕްރީމް ކޯޓުގެ ދެ ފަޑިޔާރުން ކަމަށްވާ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުއާއި އަލީ މަހާޒް އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ނިންމައިފި އެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒް މަކިކުރަން ތަހުގީގު ކޮމެޓީން ނިންމީ އެކޮމެޓީން ބަލުމުންދިޔަ އަޒްމިރަލްދާގެ ފިރިކަލުން އިސްމާއީލް ލަތީފުގެ ބަންދު އަމުރަކަށް އަޒްމިރަލްދާއާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އެވެ.
އެގޮތުން އެމައްސަލާގައި ތަހުގީގު ނިންމައި ތަހުގީގު ކޮމެޓީން ވަނީ ތަހުގީގު ރިޕޯޓު މިރޭގެ ޖޭއެސްސީގެ ބައްދަލުވުމަށް ހުށަހަޅާފައި އެވެ.
މިރިޕޯޓަށް ޖަވާބުދާރިވުމަށް ފަނޑިޔާރުންނަށް ފޮނުވުމަށް ޖޭއެސްސީން ނިންމާފައިވާއިރު، ފަނޑިޔާރުން ވަކިކުރުމުގައި ފަހު ގޮތެއް ކޮމިޝަނުން ނިންމާނީ، ފަނޑިޔާރުން ރިޕޯޓަށް ޖަވާބުދާރީވުމުން ކަމަށް ޖޭއެސްސީން ބުނެއެވެ.
އެދެ ފަނޑިޔާރުންގެ އިތުރު މައްސަލައެއްވެސް ޖޭއެސްސީން ދިޔައީ ބަލަމުންނެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އަޒްމިރަލްދާ އާއި މަހާޒު އިންނެވި ކަމަށް ބުނާ މައްސަލައި އެވެ.
މި ދެ މައްސަލައާއި ގުޅިގެން އެދެ ފަނޑިޔާރުން މީގެ ކުރިން ވަނީ ޖޭއެސްސީއަށް ހާޒިރުކޮށް ބަޔާންވެސް ނަގާފައި އެވެ.
ގުޅުންހުރި

ސުޕްރީމް ކޯޓަށް ޙަމީދު އާއި ސަލީމް އައްޔަނުކުރައްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މަހާޒް އާއި އަޒްމިރަލްދާ ވަކިކުރަން މަޖިލީހުން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި: ޖަވާބުދާރީވާން ފުރުސަތު ނުދިން!
