
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި: ޖަވާބުދާރީވާން ފުރުސަތު ނުދިން!
# ސުޕްރީމް ކޯޓު--
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިޔަށް ދިޔަ ޖުޑިޝަރީ ކޮމެޓީން މިފަދައިން ނިންމީ ސިއްރުކޮށްގެން ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި އެވެ. އެގޮތުން ކޮމެޓީން ނިންމީ ނިންމާފައިވަނީ އެ ދެ ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށް ނިންމައި، އެ ބޭފުޅުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. މިފަދައިން ނިންމި އިރު އެ ދެ ފަޑީޔާރުންނަށް ކޮމެޓީގައި ޖަވާބުދާރީވުމުގެ ފުރުސަތު ދޭން ކޮމެޓީން ވަނީ ދެކޮޅު ހަދާފައި އެވެ.
މިއަދު ކުރިޔަށް ގެންދިޔަ ކޮމެޓީގެ ބައްދަލުވުން ސިއްރުކުރަން ވެރިކަންކުރާ ޕާޓީ، ޕީއެންސީންގެ މެމްބަރުން ހުށަހެޅުމާއި އެކު އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ އެކަމާއި ނުރުހުން ފާޅުކޮށް ފަހުން އެކޮމެޓީ ބޮއިކޮޓްވެސް ކޮށްފައި އެވެ. ކޮމިޓީ ސިއްރުކުރަން ޕީއެންސީގެ މެމްބަރު ޝާހިދު ހުށަހެޅުއްވީ ބައެއް ބޭފުޅުންގެ ޒާތީ މައުލޫމާތުތަކެއް ހިމެނޭތީ ކަމަށް ބުނެ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވާފައިވަނީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
ފަނޑިޔާރުން މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުން ފާސްވެގެންނެވެ.
ގުޅުންހުރި

ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުން ހުއްޓުވާނެ ގާނޫނީ އަސާސެއް ނެތް - ސުޕްރީމް ކޯޓު
.jpg&w=3840&q=75)
ރަޖިސްޓްރާ މެދުވެރިކޮށް މައްސަލަތައް ބަލައިގަތުމާއި ނުގަތުމުގައި އެންމެ ގިނަ ނިންމެވުންތަައް ނިންމެވީ ހުސްނުއްސުއޫދު - މުހުތާޒު

އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުލްޣަނީ އައްޔަންކުރައްވައިފި




