
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މަހާޒް އާއި އަޒްމިރަލްދާ ވަކިކުރަން މަޖިލީހުން ފާސްކޮށްފި
# ސުޕްރީމް ކޯޓު--
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ވަކިކުރަން މަޖިލީހުން ފާސްކޮށްފި އެވެ.

ޑރ. އަޒްމިރަލްދާ އާއި މަހާޒު އަލީ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހުން ފާސްކުރީ މީގެ އިރުކޮޅެއް ކުރީން މަޖިލީހުގައި ނެގި ވޯޓެއްގައި އެވެ. އެގޮތުން ވަކި ވަކިން ނެގި މި ވޯޓުގައި ދެ ފަނޑިޔާރުން ވަކިކުރަން 68 މެންބަރުންގެ ވޯޓު ދެއްވި އިރު އެކަމާއި ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވާފައިވަނީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެތުހުމަތުތަށް ފަނޑިޔާރުން ވަނީ ދޮގުކޮށްފައި އެވެ.
މި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލައި ފަނޑިޔާރުން މަގާމުން ވަކިކުރަން ޖެހޭކަމަށް ނިންމައި މަޖިލީހަށް ފޮނުވީ މިމަހުގެ ކުރީކޮޅު އެވެ. މި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ދިރާކުރި އިރު އިދިކޮޅުން ފަނޑިޔާރުންނަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމަށް އެދުނު އިރު ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް ކޮމެޓީއިން ވަނީ އެފުރުސަތުވެސް ނުދީ ކޮމެޓީން ގޮތް ނިންމި ބައްދަލުވުން ސިއްރުވެސް ކޮށްފައި އެވެ.
ގުޅުންހުރި

ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުން ހުއްޓުވާނެ ގާނޫނީ އަސާސެއް ނެތް - ސުޕްރީމް ކޯޓު
.jpg&w=3840&q=75)
ރަޖިސްޓްރާ މެދުވެރިކޮށް މައްސަލަތައް ބަލައިގަތުމާއި ނުގަތުމުގައި އެންމެ ގިނަ ނިންމެވުންތަައް ނިންމެވީ ހުސްނުއްސުއޫދު - މުހުތާޒު

އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުލްޣަނީ އައްޔަންކުރައްވައިފި




