
އެމްއެންޑީއެފް އިން ކަނޑުހުޅުދޫގައި މޫދު ކަސްރަތު ޕްރޮގްރާމެއް ހިންގައިފި
# ގއ. ކަނޑުހުޅުދޫ# އެމްއެންޑީއެފް-
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ގއ.ކަނޑުހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން އެ ރަށުގެ ކަނބަލުންނަށް މޫދު ކަސްރަތު ޕްރޮގްރާމެއް ހިންގައިފިއެވެ.

ސެޕްޓެންބަރު 12 އިން ފެށިގެން އޮކްޓޫބަރު 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް، އެ ރަށުގެ 33 ކަނބަލުން ވަނީ ފުރިހަމަކޮށްފައެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އެ ރަށުގައި އޮކްޓޫބަރު 13 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކަނޑުހުޅުދޫ ކޯޓުގެ ކުރީގެ އިސް ޤާޒީ، އަލްފާޟިލް ޙަސަން ދީދީއެވެ.
މި ރަސްމިއްޔާތުގައި، ޕްރޮގްރާމުގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސްވިމިންގ އިންސްޓްރަކްޓަރުންނަށް، ޕްރޮގްރާމުގެ ބައިވެރީންގެ ފަރާތުން ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.
މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ބިނާކުރުމުގެ މަޤްޞަދުގައި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ކަނޑުހުޅުދޫން މީހަކު ހައްޔަރުކޮށްފި
ވަލެއް އައްސަން މޫދަށް ފޭބި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ކާރިޘާތަކުގައި ބޭނުންކުރުމަށް ބައެއް ސާމާނު އެންޑީއެމްއޭ އިން އެމްއެންޑީއެފް އަށް ހަވާލުކޮށްފި




