ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމިޓް ފެއަރގައި ބައިވެރިވެއްޖެ
އައިޝަތު އިފާޝާ
2/8/2024, 2:30:54 AM
އެމިޓް ފެއަރ ގެ ތެރެއިން
ތުރުކީގައި ބާއްވާ އީސްޓް މެޑިޓަރޭނިއަން އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަން، އެމިޓް ފެއަރގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީން ބައިވެރިވެއްޖެއެވެ.
މި ފެއަރ ކުރިއަށްދަނީ މިމަހުގެ 09 ނިއަލަށް ތުރުކީގެ އިސްތަންބޫލްގެ ޓޫޔާފް ފެއާ އެންޑް ކޮންގްރެސް ސެންޓަރުގައެވެ. މި ފެއަރގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 12 ކުންފުންޏަކުން 19 މަންދޫބުން ބައިވެރިވެ ދަނީ ރާއްޖެ އިޝްތިހާރުކުރަމުންނެވެ.
އެމިޓް ފެއަރއަކީ އީސްޓް މެޑިޓަރޭނިއަން ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް ޓްރެވަލް ފެއަރއެވެ. އަދި މިފެއަރގެ ސަބަބުން އެމްއެމްޕީއާރުސީގެ މާކެޓިންގ ސްޓްރެޓެޖީތަކާއި އެއްގޮތަށް ދިވެހިރާއްޖެ، އައު މާކެޓްތަކުގައި ޕްރޮމޯޓްކުރުމަށާއި ދިވެހިރާއްޖޭގެ ބްރޭންޑް އިތުރަށް ހަރުދަނާކޮށްދިނުމަށް އެހީވެދޭނެ ކަަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ. އެ ކުންފުނީގެ އަމާޒަކީ އެކި އޭޖެންޓުންނާއި ގުޅިގެން ދިވެހިރާއްޖޭގެ ތަފާތު އެކި ސެގްމެންޓްތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް މި ފެއާރގެ ތެރެއިން ފޯރުކޮށްދިނުމެވެ.
ތުރުކީން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ. އެގޮތުން މިދިޔައަހަރު ރާއްޖެއަށްވަނީ ތުރުކީގެ 12،856 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.